Advertisement

އަރަބިއްޔާ ސްކޫލު އަޅަން ބާ ޖަމާލުއްދީން އިމާރާތް ތަޅާލަން ފަށައިފި

16 ޖޫން 2022 - 13:37 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އިލެކްޝަން ކޮމިޝަން މިހާރު ހިންގަމުންދާ އިމާރާތް: އަރަބިއްޔާ ސްކޫލު އެޅުމަށް ބާ ޖަމާލުއްދީން ބިން ދިނުމަށް ރައީސް ސޯލިހް ވަނީ ނިންމާފައި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އަރަބިއްޔާ ސްކޫލު އަޅަން ބާ ޖަމާލުއްދީން އިމާރާތް ތަޅާލަން ފަށައިފި

16 ޖޫން 2022 - 13:37 0

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން، ބާ ޖަމާލުއްދީން ބިން ހުސްކޮށް އެ ތަނުގައި މިހާރު ހުރި އިމާރާތް ތަޅާލަން ފަށާއިފި އެވެ.

ޗާންދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލުގެ ސްޓަރަކްޗަރަށް ދިމާވެފައިވާ މައްސަލަތަކަަކާ ގުޅިގެން އެތަނުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ނިންމާ، ކުދިން ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދަން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމި އެވެ.

ނަމަވެސް އެ ނިންމުމާ ދެކޮޅަށް، އަރަބިއްޔާގެ ބެލެނިވެރިން މުޒާހަރާކޮށް، އެކަމުގެ ކަންބޮޑުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރުމުން ރައީސް ނިންމެވީ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތުގައި ވަގުތީ ގޮތުން އަރަބިއްޔާ ކިޔެވުން ބަދަލު ކުރުމަށެވެ.

އެ ތަން ސްކޫލަކަށް ބަދަލުކޮށް ވަގުތީގޮތުން ކިޔަވަދޭން ފަށާފައި ވަނީ މި އަހަރުގެ ޖެނުއަރީމަހު ފެށި އާ ޓާމާ އެކު އެވެ.

އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަރަބިއްޔާ ސްކޫލު އެޅުމަށް ބާ ޖަމާލުއްދީން ތަޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް، 29 މިލިއަން ރުފިޔާއަށް ހަދަން އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ހައި ރައިޒިން ކުންފުންޏާ އެވެ. އެއީ މާޗް 2، 2011 ގަ އެވެ. ނަމަވެސް މަސައްކަތް ނުގެންދާތީ ޖުލައި 20، 2011 ގައި އުވާލި އެވެ. އެއަށް ފަހު އޮގަސްޓް 25، 2011 ގައި ފަހުން ހައުސިން މިނިސްޓްރީން އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަން އާ އެވެ.

ހަތް ބުރީގެ އެ އިމާރާތުގެ މަސައްކަތް އެކުންފުނިން ނިންމައި، އިމާރާތް ހުޅުވީ ސެޕްޓެމްބަރު 19، 2013 ގައެވެ. ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތައް ލައި ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.