Advertisement

ބަސް ދަތުރުކުރަން ކޭޝް ކާޑް ބޭނުންކުރެވޭ ގޮތް ހަދަނީ

15 ޖޫން 2022 - 22:45 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ބަސް ދަތުރުކުރަން ކޭޝް ކާޑް ބޭނުންކުރެވޭ ގޮތް ހަދަނީ

15 ޖޫން 2022 - 22:45 0

ބީއެމްއެލްގެ ބޭންކް ކާޑު ބޭނުންކޮށްގެން ބަސް ހިމެނޭހެން ޕަބްލިކް ޓްރާންސްޕޯޓްގެ ދަތުރުފަތުރުގެ ހިދުމަތް ލިބޭނެ ގޮތް މި އަހަރު ނިމުމުގެ ކުރިން ހަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ބަހުގެ ހިދުމަތް ހުޅުމާލޭ ފޭސް ދޭއްގައި ފެށުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ވީހާވެސް ލުއިފަސޭހަކޮށް ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް ކަމަަށެވެ.

"މި އަހަރު ނިމުމުމުގެ ކުރިން އަތުގައި އޮންނަ ބޭންކް ކާޑު ބޭނުންްކޮށްގެން ޕަބްލިކް ޓްރާންސްޕޯޓް އޮތް ކޮންމެ ތަަނަކުން ޓިކެޓު ކަނޑައަޅައިގެން ދަތުރު ކުރެވޭނެ ގޮތް ހަމަޖެހޭނެ، ސްމާޓް ފޯނު އަތުގައި އޮތަސް އެ ފޯނު ޖައްސަލައިގެން ދަތުރު ކުރެވޭ ގޮތް ވެސް ހަމަޖެހޭނެ،" އާޒިމް ވިދާޅުވި އެވެ.

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި، އަދި ލ. އަތޮޅުގައި މުޅިން އާ ބަސްތަކުގެ ހިދުމަތްތަކެއް މި އަންނަ ޖުލައި މަހު ލިބިގެން ދާނެ ކަން ވެސް އާޒިމް މިރޭ ހާމަކުރެއްވި އެވެ. އަދި މާލޭގެ ރައްޔިތުން އެތައް ޒަމާނަކު އިންތިޒާރު ކުރަމުން ދިޔަ މިނީ ބަހުގެ ހިދުމަތް ވެސް ޖުލައި މަހު ލިބެން ފަށާނެ އެވެ.

ބޭންކް ކާޑު ބޭނުންކޮށްގެން ޕަބްލިކް ޓްރާންސްޕޯޓް ބަހުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާއިރު، ބަހުގެ ހިދުމަތަށް އެންމެ ފުރަތަމަ ފައިސާ ދައްކަމުން ދިޔައީ އެ ކަމަށް ހާއްސަ ކާޑެއް ބޭނުންކޮށްގެންނެވެ. އެ ކާޑަށް ޖެހެނީ ރީލޯޑު ކުރާށެވެ.