Advertisement

މި މަހުގެ ސްޓްރޯބެރީ ހަނދު މިއަދު ހަވީރު ފެންނާނެ

14 ޖޫން 2022 - 13:21 1


މި މަހުގެ ސްޓްރޯބެރީ ހަނދު މިއަދު ހަވީރު ފެންނާނެ

14 ޖޫން 2022 - 13:21 1

މި މަހުގެ މާ ހަނދު ނުވަތަ ސްޓްރޯބެރީ މޫން މިއަދު ދުނިޔެއަށް ފެންނާނެ ކަމަށް ނާސާއިން ބުނެފި އެވެ.

ސްޓްރޯބެރީ މޫން ރާއްޖެއަށް ފެންނާނީ މިއަދު ހަވީރު 4:51 ގަ އެވެ. އެ ވަގުތަކީ ހަނދު އޭގެ އޯބިޓްގައި ދުނިއެއާ އެންމެ ގާތަށް ވާސިލުވާނެ ވަގުތެވެ. މާ ހަނދެއްގެ ގޮތަށް އެ ގަޑީގައި ދުނިޔެއަށް ހަނދު ފެންނަނީ އެހެންވެ އެވެ.

މާ ހަނދު ނުވަތަ ސުޕަ މޫން ފެންނާނީ އާންމުކޮށް ހަނދު ފެންނަ ވަރަށްވުރެ 17 ޕަސެންޓް ބޮޑުކޮށް، 30 ޕަސެންޓް އަލި ގަދަކޮށެވެ. މިރޭ ފެންނަ ސްޓްރޯބެރީ ހަނދު ވެސް، އާންމުކޮށް ފެންނަ ފުލްމޫން އަށްވުރެ 10 ޕަސެންޓް އަލިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.

މާ ހަނދުގެ ފޯވަހިތަކުގެ ތެރެއިން ސްޓްރޯބެރީ މޫންއަކީ ތިން ވަނައަށް އެންމެ ބޮޑު ސުޕަމޫން އެވެ.

އުޑުމަތި ސާފު ރެއެއްގައި ސުޕަމޫން ފެންނަގޮތް ހާއްސަވަނީ އެހެންވެ އެވެ. މިއަދާއި މާދަމާރޭ ވެސް ފެންނާނީ ފުރިހަމަ ސްޓްރޯބެރީ ހަނދެކެވެ.

'ސްޓްރޯބެރީ މޫން' ކިޔަނީ ކީއްވެ؟

ސްޓްރޯބެރީ މޫންގައި ސްޓްރޯބެރީ އެއްގެ އެއްވެސް ސިފައެއް ނުހުރެ އެވެ. ތަފާތު ކުލައެއް ނުވަތަ ސްޓްރޯބެރީގައި ހުންނަ ކަހަލަ ފިޔާތޮށި ކަމެއް ވެސް ނުހުރެ އެވެ. މި ހަނދަށް 'ސްޓްރޯބެރީ މޫން' ގެ ނަމުން އެންމެ ފުރަތަމަ ނަން ދީފައިވަނީ އެމެރިކާގެ މުސްކުޅި ގަބީލާތަކުގެ މީހުންނެވެ. ޖޫން މަހުގައި ސްޓްރޯބެރީ ކަނޑާ ދުވަސް ދިމާވަނީ ސުޕަމޫން ފެންނަ ދުވަސްވަރާ ކަމަށް ވުމުން، އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖޫން މަހުގެ މާ ހަނދަށް ސްޓްރޯބެރީ މޫންގެ ނަމުން ނަން ދިނީ އެވެ.

މިއަހަރު ފެންނާނެ ހާއްސަ ހަނދުގެ ފޯވަހިތައް

  • ޖޫން 29 - މައިކްރޯ ނިއު މޫން
  • ޖުލައި 13 - ސުޕަ ފުލް މޫން
  • ހަނދުކޭތަ ހިފުން (މާލެއަށް ފެންނާނީ 8 ނޮވެމްބަރު ގައި)
  • 23 ޑިސެމްބަރު - ސުޕަ ނިއުމޫން