Advertisement

އާ މެޝިންތަކާ އެކު އޭޑީކޭއިން ފޯރުކޮށްދޭ ޑައިލަސިސް ހިދުމަތަށް އިތުރު ފުރިހަމަކަމެއް

16 ޖޫން 2022 - 10:28 0


އާ މެޝިންތަކާ އެކު އޭޑީކޭއިން ފޯރުކޮށްދޭ ޑައިލަސިސް ހިދުމަތަށް އިތުރު ފުރިހަމަކަމެއް

16 ޖޫން 2022 - 10:28 0

އޭޑީކޭ ހޮސްޕިޓަލަށް އާ ޑައިލަސިސް މެޝިންތަކެއް ގެނެސް ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްފި އެވެ.

ރާއްޖޭގައި ޑައިލަސިސް ހައްދާ ގިނަ އަދަދެއްގެ ބަލި މީހުން ތިބޭއިރު އެ ހިދުމަތް ހޯދުމަށް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އާ މެޝިންތަކެއް އޭޑީކޭން ގެނައުމާ އެކު އެ ހޮސްޕިޓަލުން ފޯރުކޮށްދޭ މި ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ އެވެ.

އަބަދުވެސް ޑައިލަސިސް ހެދުމަށް އެ ހޮސްޕިޓަލަށް އަންނަ ބަލިމީހުންގެ އަދަދު ބަދަލުވަމުންދާ ކަމަށް އޭޑީކޭގެ ޑައިލަސިސް ޑިޕާޓުމަންޓުން މައުލޫމާތު ދިނެވެ. އަދި، ކިޑްނީ ފެއިލްވެގެން ޑައިލަސިސް ހަދާ ބަލިމީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ފަށަނީ އޭޑީކޭން ކަމަށް އެ ޑިޕާޓުމަންޓުން ބުންޏެވެ.

ޑައިލަސިސް ސެޝަންތައް ވެސް އެކި ބަލިމީހުންނަށް ބޭނުންވަނީ އެކި ވަރަށެވެ. އެގޮތުން، ޑޮކްޓަރު ރިޕޯޓަށް އެކަން ވަރަށް ބޮޑަށް ބިނާވާ ކަމަށް އޭޑީކޭން ބުންޏެވެ. އާންމު ގޮތެއްގައި ގިނަ ބަލިމީހުންނަށް ދެނީ ތިން ސެޝަން އެވެ.

އެންމެ ފުރަތަމަ އޯޕިޑީގައި ހުރީ އެއް މެޝިނެވެ. އަދި، ހައި ޑިޕެންޑެންސީ ޔުނިޓުގައި ވެސް އެއް މެޝިން ބެހެއްޓި އެވެ. މިހާރު އިތުރު ދެ މެޝިނާ އެކު ޖުމްލަ ފަސް މެޝިން ވަނީ ބަހައްޓާފަ އެވެ.

މީގެކުރިން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި މެޝިން ވެސް އެކި ތަންތަނަށް ބަދަލުކުރަން މިއާއެކު ވަނީ ނިމުމަކަށް އައިސްފަ އެވެ. ޑައިލަސިސް ހެދުމަށް ގިނަ ބަލިމީހުން ބޭނުންވަނީ ހެނދުނު އެވެ. އެހެންކަމުން، އޭޑީކޭ އަށް ޑައިލަސިސް ހަދަން ދާ ބަލިމީހުންނަށް ދުވަހުގެ ބާކީ އޮންނަ ބައި ލިބޭނެ އެވެ.

އާ މެޝިންތަކާ އެކު އޭޑީކޭގެ ޑައިލަސިސް ޔުނިޓުގައި ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްވެފަ އެވެ.