Advertisement

މީޑިއާނެޓުން ސޮނީގެ ޗެނަލްތައް ދޫކޮށްލަނީ

14 ޖޫން 2022 - 10:04 8


މީޑިއާނެޓުން ސޮނީގެ ޗެނަލްތައް ދޫކޮށްލަނީ

14 ޖޫން 2022 - 10:04 8

ސޮނީ ނެޓްވޯކުން ކޮންޓެންޓާ އެކަށީގެންނުވާ ވަރުގެ ބޮޑު ފީއެއް ނަގަން ނިންމާފައިވާތީ އެއްބަސްވުން އާނުކޮށް، މީޑިއާނެޓުން އެ ނެޓްވޯކްގެ ޗެނަލްތައް ދޫކޮށްލަން އުޅޭކަން އެނގިއްޖެ އެވެ.

"އަދަދަށް" އެނގިފައިވާ ގޮތުގައި، ބޮޑު އަގެއް ކިޔާފައިވާތީ، މީޑިއާނެޓުން ސޮނީ އާއި އެކު ވެފައިވާ އެގްރިމެންޓް އާ ކުރުމަށް މަޝްވަރާކުރުމަށް ފަހު ވެސް އެއްބަސްވުމަކަށް އައިސްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި މިހާރު ދައްކާ ކުޅިވަރުގެ މުބާރަތްތަކުގެ އިތުރުން، ޗެމްޕިއަންސް ލީގު ފަދަ އިތުރު މުބާރާތްތަކާއި އިތުރު ކޮންޓެންޓް ސޮނީ ނެޓުވޯކުގައި ނެތުމުގެ އިތުރަށް ވޯލްޑްކަޕާއި އިޓަލިއަން ސީރިއާ ފަދަ ބޮޑެތި ކުޅިވަރު މުބާރާތްތައް އެ ނެޓްވޯކަށް ވަނީ ގެއްލިފަ އެވެ. ބޮޑު ފީ ބަލައިގަނެ އެއްބަސްވުން އާކުރަން މީޑިއާނެޓުން ބޭނުން ނުވަނީ މިފަދަ ސަބަބުތަކާ ހެދިކަމަށް ވެދާނެ އެވެ.

އަދި އަމުދުން، ރާއްޖެ ފަދަ ކުޑަ މާކެޓަކަށް މި ޗެނަލްތައް ދެއްކުމަށްޓަކައި ބޮޑު ހޭދައެއް ކުރުމަކީ މީޑިއާނެޓަށް ގެއްލުންވާނެ ކަމެކެވެ.

އެއްބަސްވުން އާކޮށްފި ނަމަ މީޑިއާނެޓްގެ ޕެކޭޖުތަކުގެ އަގު ވަރަށް ބޮޑުތަން އުފުލިގެން ދިޔުމުގެ ކަންބޮޑުވުން އެބަ އޮތެވެ.

ސޮނީ ނެޓްވޯކަކީ 2018 ވަނަ އަހުރެ ވޯލްޑަޕްގެ ރައިޓްސް އެއްފަހަރާ ރާއްޖޭގެ ތިން ރީބުރޯޑްކާސްޓަރަކަށް ވިއްކި ކުންފުންޏެކެވެ.

މިކަމާ ގުޅިގެން މީޑިއާނެޓަށް ގުޅުމުން އެކުންފުނިން ބުނީ، ސޮނީ ނެޓްވޯކާ އެކު އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ވަކި ގޮތަކަށް އަދި ނިންމާފައިނުވާ ކަމަށެވެ.

މީޑިއާނެޓުގެ ޕްލެޓްފޯމް އިން އައިސްޓީވީގެ ޗެނަލްތައް މަދުވެރިކޮށް ސްޕެނިޝް ލަލީގާއި، އިޓާލިއަން ލީގު، ފްރެންޗް ލީގު ފަދަ ބޮޑެތި މުބާރާތްތައް ގެނެސްދޭން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން އޭޓީޕީ ޓެނިސް ޓޯނަމެންޓްތައް ވެސް އައިސްގެ ޗެނަލްތައް މެދުވެރިކޮށް ގެނެސްދެ އެވެ. ރާއްޖޭގައި އެންމެ މަގުބޫލު ސްޕޯޓްސް ޕްލެޓްފޯމަކީ އައިސް ޓީވީގެ ޗެނަލްތަކެވެ.