Advertisement

ތެޔޮ ސަބްސިޑީ އިތުރުކޮށްދޭން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފި

12 ޖޫން 2022 - 13:29 0

އަމަން ހަލީމް

އަމަން ހަލީމް

މަސްވެރިކަން ކުރާ ދޯންޏެއް: ތެލުގެ އަގު އުފުލޭތީ މަސްވެރިކަން ކުރަން ޖެހޭ ހަރަދުތައް ދަނީ ދުވަހުންދުވަހަށް އުފުލެމުން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ތެޔޮ ސަބްސިޑީ އިތުރުކޮށްދޭން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފި

12 ޖޫން 2022 - 13:29 0

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލެމުން ދިޔުމާ ގުޅިގެން މަހަށް ދާން ކުރަންޖެހޭ ހަރަދުތައް ބޮޑުވެފައިވާތީ، ސަރުކާރުން ތެލުގެ ސަބްސިޑީ އިތުރުކޮށްދޭން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މިއަދު ގޮވާލައިފި އެވެ.

ބީކޭއެމްޔޫގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާކުރި މެސެޖެއްގައި ސަބްސިޑީ އިތުރުކޮށްދޭން އެ ޖަމިއްޔާއިން ގޮވާލީ ދޯނިފަހަރު މަހަށް ފުރަން ބިރު ބޮޑު ވެއްޖެ ކަމަށް ބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފިޝަރީޒް މިނިސްޓަރު ވެސް ޓެގުކޮށް ހިއްސާކުރި މެސެޖުގައި އިތުރަށް ގޮވާލީ "މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ނުހައްދަވާ މި ސިނާއަތަށް އަޅާލާން" އެވެ.

ތެލުގެ އަގު އުފުލެމުން ދިޔުމާ ގުޅިގެން މަސްވެރިންގެ އަނެއް ކަންބޮޑުވުމަކީ ސަރުކާރުން ކަނޑައަޅާފައިވާ ޑިސްކައުންޓު ރޭޓުގައި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ޑީސަލް ނުލިބޭތީ އެވެ. މި ރޭޓުގައި ޑީސަލް ގަންނަން ލިބެނީ މިފްކޯގެ ކާރުހާނާތައް ހުންނަ ފެލިވަރާއި ކޫއްޑޫން އެކަންޏެވެ.

މާލެ ސަރަހައްދުން މިވަގުތު ޑީސަލް ލީޓަރެއް ލިބެނީ 18ރ އަށެވެ.

މި އަގުގައި ތެޔޮ ހޯދަން ދިގު ދަތުރުތައް ކުރަން ޖެހޭ ދޯނި ފަހަރުން ބުނަމުންދަނީ ތެލުގެ އަގު މިހާ ބޮޑު އިރެއްގައި ޑީސަލް ގަންނަން ދިގު ދަތުރެއް ކޮށްފައި ދިޔުން ދެކޮޅު ނުޖެހޭ ކަމަށެވެ.

ތެލުގެ އަގު އުފުލެމުން ދިޔުމާ ގުޅިގެން މަސްވެރިންގެ އަނެއް ކަންބޮޑުވުމަކީ ސަރުކާރުން ކަނޑައަޅާފައިވާ ޑިސްކައުންޓު ރޭޓުގައި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ޑީސަލް ނުލިބޭތީ އެވެ. މި ރޭޓުގައި ޑީސަލް ގަންނަން ލިބެނީ މިފްކޯގެ ކާރުހާނާތައް ހުންނަ ފެލިވަރާއި ކޫއްޑޫން އެކަންޏެވެ.

މި އަގުގައި ތެޔޮ ހޯދަން ދިގު ދަތުރުތައް ކުރަން ޖެހޭ ދޯނި ފަހަރުން ބުނަމުންދަނީ ތެލުގެ އަގު މިހާ ބޮޑު އިރެއްގައި ޑީސަލް ގަންނަން ދިގު ދަތުރެއް ކޮށްފައި ދިޔުން ދެކޮޅު ނުޖެހޭ ކަމަށެވެ.

މަސްވެރިންގެ މި ކަންބޮޑުވުން ހިއްސާކުރާ މާލޭ ސަރަހައްދަށް ނިސްބަތްވާ ދޯންޏެއްގެ ކެޔޮޅަކު ވަނީ، މާލެ ސަރަހައްދުން ހާއްސަ އަގުގައި ޑީސަލް ވިއްކޭނެ އިންތިޒާމު ހަމަޖައްސާފައި ނުވަނީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ.

މަސްވެރިންނަށް ތެލުގެ ސަބްސިޑީ އިތުރުކޮށްދޭން ގޮވާލާފައިވާ އިރު، ތެލުގެ ސަބްސިޑީއަށް ކުރަން ޖެހޭ ހޭދަ އިތުރުވުމަކީ މިވަގުތު އިގުތިސޯދަށް އޮތް އެންމެ ބޮޑު ފިއްތުމެވެ.

އެގޮތުން ތެލުގެ އަގު އުފުލޭތީ 300 މިލިއަން ރުފިޔާގައި ބަޖެޓުކުރި ސަބްސިޑީ ހޭދަ ބިލިއަން ރުފިޔާއަށް ވުރެ އިތުރުވުމާ ގުޅިގެން ހަރަދުތައް ކުޑަކޮށް ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހުސްވި ހަފުތާގެ ތެރޭގައި ހާމަކުރައްވާފަ އެވެ.

މި އަހަރު ފެށުނު އިރު 70 ޑޮލަރުގައި ވިއްކި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 121 ޑޮލަރުގަ އެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ.