Advertisement

އެމްއާރްއެމަށް 3000 މެންބަރުން ހަމަކޮށްފި

12 ޖޫން 2022 - 12:47 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްއާރްއެމްގެ ޒައީމް މައުމޫން އަބްދުއްގައްޔޫމް: އުވާލަން ނޯޓިސް ދިނުމުން ޕާޓީއަށް ވަނީ މެންބަރުން ހަމަކޮށްފައި--


އެމްއާރްއެމަށް 3000 މެންބަރުން ހަމަކޮށްފި

12 ޖޫން 2022 - 12:47 0

މި މަހުގެ 14 ވަނަ ދުވަހަށް، ރާއްޖޭގައި ހިންގަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ތެރެއިން 3000 މެންބަރުން ހަމަނުވާ ހުރިހާ ޕާޓީއެއް އުވާލަން އިލްކެޝަންސް ކޮމިޝަން (އީސީ)އިން ނޯޓިސް ދިން ޕާޓީތަކުގެ ލިސްޓުން، މޯލްޑިވްސް ރީފޯމް މޫވްމަންޓު (އެމްއާރްއެމް) އުނިކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެކި ސަބަބުތަކާ ގުޅިގެން މިވަގުތު 3000 މެންބަރުން ހަމަނުވާ ތިން ޕާޓީއަކަށް ނޯޓިސް ފޮނުވާފަ އެވެ. އެ ޕާޓީތަކަށް ދިން ތިން މަހުގެ މުއްދަތު ހަމަވުމުން، މި މަހުގެ 14 ވަނަ ދުވަހު މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާނެ ކަމަށް އީސީން ބުނެފައިވެ އެވެ.

އުވާލާނެ ކަމުގެ ނޯޓިސް ދިނުމާ ގުޅިގެން އެމްއާރްއެމުން ވަނީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފަ އެވެ. އެކަން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ފޮނުވި ސިޓީއެއްގައި ވަނީ އަންގާފަ އެވެ.

މެންބަރުން ހަމަ ނުވާތީ އީސީން ދެން ނޯޓިސް ފޮނުވާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ މޯލްޑީވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ) އާއި ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)ގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހިންގަވާ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަށެވެ.

އެމްއާރްއެމްގެ އިތުރުން މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް އެ ޕާޓީތަކުން ވެސް އަންނަނީ ކުރަމުންނެވެ.