Advertisement

ޖަސްޓިން ބީބާގެ މޫނުގެ އެއްފަޅި ވާގި ނެތިއްޖެ

12 ޖޫން 2022 - 06:00 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޖަސްޓިން ބީބާ


ޖަސްޓިން ބީބާގެ މޫނުގެ އެއްފަޅި ވާގި ނެތިއްޖެ

12 ޖޫން 2022 - 06:00 2

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ އިންސްޓަގްރާމުގައި ހާމަކުރި ވީޑިއޯއިން ފޭނުން ވަނީ ހައިރާންވެފަ އެވެ. އުމުރުން 28 އަހަރުގެ ކެނެޑާ އަށް އުފަން ލަވަކިޔުންތެރިޔާ ހުކުރު ދުވަހު އާންމު ކުރި ތިން މިނެޓުގެ ވީޑިއޯއިން ފެންނަނީ އޭނާގެ މޫނުގެ އެއް ފަޅި ވާގި ނެތިފައިވާ ތަނެވެ.

"އަހަރެންގެ މޫނުގެ މިފަޅި ވަނީ އެއްކޮށް ޕެރަލައިޒްވެފައި،" މޫނުގެ ކަނާތް ފަޅި ދައްކާލަމުން ބީބާ ބުންޏެވެ.

މޫނުގެ އެ ފަޅިން އެސްވިޔަ ނުޖެހެވޭ ކަމަށާއި ހިނިތުން ވެސް ނުވެވޭ ކަމަށް ބުނެ އެވެ.

އޭނާއަށް ޖެހިފައިވަނީ ރަމްސޭ ހަންޓް ސިންޑްރޯމް ކަމަށާއި އެ ބަލީގެ ވައިރަސް އޭނާގެ ކަންފަތާއި މޫނުގެ ނާރުތަކަށް ހަމަލާދީ ޕެރަލައިޒްކޮށްލީ ކަމަށް ބުނެ އެވެ.

ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ބީބާ ވަނީ ވޮޝިންޓަން އާއި ޓޮރޮންޓޯގައި ދޭން ރާވާފައިވާ ޝޯތައް ވެސް ކެންސަލްކޮށްފަ އެވެ.

މި ވަގުތަށް ބޭނުންވަނީ ފަރުވާ ހޯދުމަށާއި އަރާމުކުރުމަށް ކަމަށް ބީބާ ބުންޏެވެ. ބަލިން ރަނގަޅު ވުމަށް ފަރުވާ ހޯދައި މޫނުގެ ހާއްސަ ކަސްރަތުތަކެއް ކުރަމުން އަންނައިރު، މުޅިން ރަނގަޅުވެ، އަލުން ލަވަކިޔަން ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ބުނެ އެވެ.