Advertisement

ތިން ސުކޫލެއްގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

9 ޖޫން 2022 - 22:43 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ އާ ކްލާސްރޫމްތައް އެޅުމަށް ހަވާލުކުރުން-- ފޮޓޯ: އެޑިއުކޭޝަން


ތިން ސުކޫލެއްގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

9 ޖޫން 2022 - 22:43 0

ޕީއައިއެސްޕީ ބަޖެޓުގެ ދަށުން، ރަށްރަށުގެ ތިން ސުކޫލެއްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހަވާލު ކޮށްފި އެވެ.

މިގޮތުން،، ހދ. ކުޅުދުއްފުށީ އަފީފުއްދީން ސުކޫލާއި ރ. އަތޮޅު ތައުލީމީ މަރުކަޒާއި ނ. މާފަރު ސުކޫލުގެ ޖާގަ އިތުރު ކުރުމަށް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ވަކިވަކީން ބޭއްވި ރަސްމިއްޔާތެއްގައި، އަފީފުއްދީން ސުކޫލުގައި ތިން ބުރީގެ އިމާރާތެއް އެޅުމަށް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އަހަރެއް ތެރޭ ނިންމަން ހަވާލު ކުރި މި މަސައްކަތުގެ އަގަކީ 7.6 މިލިއަން ރުފިޔާ އެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުގައި އަޅަނީ ދެ ބުރީގެ އިމާރާތެކެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 8.3 މިލިއަން ރުފިޔާ އެވެ.

މާފަރު ސުކޫލުގައި ހަތަރު ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ.