Advertisement

ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުއްޖަކު ނިޔާވި ކަމަށް ބުނާ މައްސަލައެއް

9 ޖޫން 2022 - 12:28 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފުވައްމުލަކު ހޮސްޕިޓަލް--


ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުއްޖަކު ނިޔާވި ކަމަށް ބުނާ މައްސަލައެއް

9 ޖޫން 2022 - 12:28 0

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކުއްޖާ މަންމަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން, މި މަހުގެ ހަތްވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލުގައި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ވަނީ ބުނެފަ އެވެ.

ބަނޑުގައި ރިއްސިއިރު ކައިރީގައި ތިބި ޑޮކްޓަރުން ވެސް ފަރުވާ ކުޑަކުރި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރް "އަދަދު" އަށް ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގުނީ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓަކުން ކަމަށެވެ.

އަދި އެ ހާދިސާގައި ކަން ހިނގާފައި ވަނީ ހިކިނެތްތޯ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް ތުހުމަތުތަކެއް އެ ހޮސްޕިޓަލަށް ކޮށްފައި ވާއިރު، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަހަރު އޮކްޓޫބަރު މަހު ތިން ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲގެ ކޭސް ތަހުގީގުކޮށް ނިންމައި އޭގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ވަނީ ނިންމާފަ އެވެ.

އިހުމާލުންނާއި ފަރުވާ ކުޑަ ކަމުގެ ސަބަބުން ވިހާ ކުދިން މަރުވި މައްސަލަތަކެއް މިފަހުން ފެންމަތިވި އެވެ. އެގޮތުން ލ. އަތޮޅުގައި ދެ ކުއްޖަކު މަރުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.