Advertisement

ސަރުކާރުން ނަގާ ލޯނުތަކަށް މަޖިލީހުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ބިލެއް

7 ޖޫން 2022 - 23:26 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ސަރުކާރުން ނަގާ ލޯނުތަކަށް މަޖިލީހުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ބިލެއް

7 ޖޫން 2022 - 23:26 2

ސަރުކާރުން ލޯނު ނެގުމުގެ ކުރިއަށް އެ ލޯނު ނަގަން ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި އެ ބިލުގެ މަގްސަދެއްގެ ގޮތުގައި ވަނީ ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސޯދު ދަށްވެފައިވާ ހާލަތެއްގައި ކޮންމެހެން ނަގަން ޖެހޭ ލޯނެއް ނޫނީ ނުނަގާކަން ކަށަވަރު ކުރުމެވެ.

"ކޮންމެހެން ކުރަން ޖެހިފައިވާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްއަކަށް ނުވަތަ އިތުރު އާމްދަނީއެއް އުފައްދާ ކަމަކަށް ހަރަދު ކުރާ ދަރަންޏެއް ކަން ޔަގީން ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމުގައި ދެކޭތީ،" ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ އެ މެންބަރު ހުށަހެޅުއްވި ބިލުގައިވެ އެވެ.

ސަރުކާރުން ނަގާ ލޯނެއް، ގެރެންޓީއެއް އަދި ކޮންމެ ބާވަތެއްގެ ދަރަންޏެއްގެ ސަބަބުން އިގްތިސޯދަށް ކުރާ އަސަރު ދިރާސާކޮށް ފިނޭންސް މިނިސްޓަރު ރިޕޯޓް ތައްޔާރު ކުރަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.

މިނިސްޓަރު ތައްޔާރު ކުރާ ދިރާސާ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް އޭގައިވެ އެވެ. އަދި، އެ ދަރަންޏެއް ނެގޭނީ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ އެ ކަމަށް ނެގޭ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް ބިލުގައިވެ އެވެ.