Advertisement

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭރު ގައުމެއްގެ ބަޔަކު ސައުދީ އަށް

5 ޖޫން 2022 - 12:28 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭރު ގައުމެއްގެ ބަޔަކު ސައުދީ އަށް

5 ޖޫން 2022 - 12:28 0

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭރު ގައުމުތަކަށް ފުރުސަތު ހުޅުވާނުލައި އޮތުމަށް ފަހު މިއަހަރު ފުރަތަމަ ފަހަރަށް އެ ފުރުސަތު ދިނުމުން އެންމެ ފުރަތަމަ ގްރޫޕު ސައުދީ އަރަބިއްޔާ އަށް ގޮސްފި އެވެ.

އެގައުމުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކުރާ ގޮތުގައި މިއަހަރު ހައްޖު ވުމަށް އަންނަ މީހުންގެ ތެރެއިން އެންމެ ފުރަތަމަ އައީ ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ އިންޑޮނޭޝިއާ އިންނެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެއް މިލިއަން މީހުންނަށް ދިނުމަށް ސައުދީ އިން ވަނީ ނިންމާފަ އެވެ. އެ ފުރުސަތު ދޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ އުމުރުން 65 އަހަރުން ދަށުގެ މުސްލިމުންނަށެވެ.

ކޮވިޑް ދުނިޔޭގައި ފެތުރެން ފެށި 2020 ގައި ހައްޖުވާން ފުރުސަތު ދިނީ 1،000 އަށްވުރެ މަދު މީހުންނަށެވެ. އަދި، މިދިޔަ 2021 ގައި އެ ފުރުސަތު ދިނީ ވެކްސިން ޖަހާފައި ތިބި ސައުދީގެ 60،000 މީހުންނަށެވެ.

ކޮވިޑްގެ ކުރިން ހައްޖުގެ އަޅުކަން އަދާކުރަން ލިބުނު 2019 ގައި 2.5 މިލިއަން މީހުން ހަރަމްފުޅަށް ދިޔަ އެވެ. ސައުދީ އަށް ހައްޖުގެ އަޅުކަމުގެ ތެރެއިން 12 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އަހަރެއްގެ މައްޗަށް ލިބެ އެވެ.