Advertisement

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފުވައްމުލައް ސިޓީއަށް

4 ޖޫން 2022 - 16:48 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފުވައްމުލައް ސިޓީއަށް

4 ޖޫން 2022 - 16:48 0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ރަސްމީ ދަތުރުފުޅެއްގައި ފުވައްމަލުކު ސިޓީ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅަކީ ބައެއް ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

އެގޮތުން، ބައިނަލްއަގުވާމީ ބައިސްކަލު ދުވަހުގެ ހަރަކާތެއްގެ ގޮތުން އެ ސިޓީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ނޯ ވެހިކަލް އަވާ" ބައިސްކަލް ބުރުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އޭގެ އިތުރުން، ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބާއްވާ ޖަލްސާގައި ވެސް އެމަނިކުފާނު ބައިވެރިވަވަޑައިގަންނަވާނެ އެވެ.

ހަމައެހެންމެ، އެ ސިޓީގައި ގާއިމުކޮށްފައިވާ ޓޭބަލް ޓެނިސް ހޯލުގެ އިމާރާތް ވެސް މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ހުޅުއްވައިދެއްވާނެ އެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ ރެ އެވެ.