Advertisement

ރަސްލް ހޮބްސް ބްރޭންޑުގެ ކޮލިޓީ އެޕްލަޔަންސްތައް އެސްޓީއޯ ޕީޕަލްސް ޗޮއިސް ހަރުގަނޑަށް

4 ޖޫން 2022 - 14:52 0

އަމަން ހަލީމް

އަމަން ހަލީމް

"އެފްއެންބީ ޝޯ" ގެ ތެރެއިން ލޯންޗުކުރި ރަސްލް ހޮބްސް ޕްރޮޑަކްޓު ލައިން: މި ހުރިހާ އުފެއްދުންތަކަށް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ. -- ފޮޓޯ: އެސްޓީއޯ


ރަސްލް ހޮބްސް ބްރޭންޑުގެ ކޮލިޓީ އެޕްލަޔަންސްތައް އެސްޓީއޯ ޕީޕަލްސް ޗޮއިސް ހަރުގަނޑަށް

4 ޖޫން 2022 - 14:52 0

އިނގިރޭސިވިލާތުގެ "ރަސްލް ހޮބްސް" ބްރޭންޑުގެ އެޕްލަޔަންސްތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އިއްޔެ ތައާރަފުކޮށްފި އެވެ.

"ރަސްލް ހޮބްސް" އަކީ ގެޔާއި ބަދިގޭގައި ބޭނުންކުރާ މިކްސްޗަރާއި ޓޯސްޓަރާއި ފެން ކައްކާ ކުރާ ފަދަ އެޕްލަޔަންސްތައް އުފެއްދުމުގައި ފުންނާބު އުސް، 70 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

އެކްސްކްލޫސިވް ޑިސްޓްރިބިއުޓާޝިޕް ނަގައިގެން ވިއްކާ މި ޕްރޮޑަކްޓާ ގުޅޭގޮތުން އެސްޓީއޯ އިން ބުނީ މިއީ ކޮލިޓީ މޮޅު، ބާޒާރުގައި މިހާރު ހުރި އެންމެ މޮޅު އެއް ބްރޭންޑުގެ އުފެއްދުންތައް ކަމަށެވެ.

މިހާރު ކުރިޔަށްދާ "އެފްއެންބީ ޝޯ"ގެ ތެރެއިން މި ޕްރޮޑަކްޓު ރަސްމީކޮށް ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

އެސްޓީއޯ އިން ލޯންޗުކުރި "ރަސްލް ހޮބްސް" އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ:

  • ކަރަންޓުން ފެން ކައްކާ ކުރާ
  • ސޭންޑްވިޗް މޭކާ
  • ބްލެންޑާ/މިކްސްޗަރު
  • ފުޑް ޕްރޮސެސާ
  • ހޭންޑް ބްލެންޑާ
  • ޓޯސްޓަރު
  • ރައިސް ކުކަރު
  • އެއާ ފްރަޔާ
  • ސްޓީމާ
  • ސްލޯ ކުކާ
  • ކޮފީ މޭކާ، އަދި
  • އިލެކްޓްރިކް ގްރިލް އެވެ.

ޕްރޮޑަކްޓު ބާޒާރަށް ތައާރަފުކުރުމުގެ ގޮތުން އެސްޓީއޯ އިން ވަނީ ހުކުރު ދުވަހާ ހަމައަށް މި ބްރޭންޑުގެ ހުރިހާ އުފެއްދުންތަކުން 10 ޕަސެންޓުގެ ޑިސްކައުންޓް ދޭން ނިންމާފަ އެވެ. މި ހުރިހާ ޕްރޮޑަކްޓަކަށް ވެސް އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އަކީ މި ނޫނަސް ކޮލިޓީ މޮޅު ބްރޭންޑުތަކުގެ އެޕްލަޔަންސާއި އިލެކްޓްރޯނިކްސް ވިއްކާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ހިޓާޗީ އާއި އެލްޖީ އާއި ފެރީ އާއި ފިލިޕްސް އެވެންޓް ބްރޭންޑުގެ އުފެއްދުންތައް ހިމެނެ އެވެ.