Advertisement

އެއިރޯފްލޮޓްގެ ފްލައިޓު ހުއްޓުވުމުން ލަންކާގެ އެމްބެސެޑަރު ރަޝިއާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

4 ޖޫން 2022 - 14:50 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ލަންކާ އެއާޕޯޓުގައި ހިފެެހެއްޓި އެއިރޯފްލޮޓްގެ ފްލައިޓު


އެއިރޯފްލޮޓްގެ ފްލައިޓު ހުއްޓުވުމުން ލަންކާގެ އެމްބެސެޑަރު ރަޝިއާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

4 ޖޫން 2022 - 14:50 0

ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ހަމަޖެހިފައި އޮތް ރަޝިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއިރޯފްލޮޓްގެ ފްލައިޓަށް ފުރުމުގެ ހުއްދަ ނުދީ ހިފެހެއްޓުމާއި ގުޅިގެން ރަޝިއާގައި ހުންނަވާ ލަންކާގެ އެމްބެސެޑަރު ރަޝިއާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.

ބުރާސްފަތި ދުވަހު މޮސްކޯ އަށް ދަތުރުކުރަން ހަމަޖެހިފައި އޮތް އެ ފްލައިޓަށް ފުރުމުގެ ހުއްދަ ނުދިނީ ކޯޓު އަމުރަކާ ގުޅިގެންނެވެ. ދެ ހަފްތާގެ މުއްދަތަށް ނެރުނު މި އަމުރަކީ އެ ފްލައިޓު ލީސްކުރި އަޔަލޭންޑުގެ ކުންފުނިން ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު އަމުރެކެވެ.

އެކަމާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީ އަށް ލަންކާގެ އެމްބެސެޑަރު ހާޒިރުކޮށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދި، ދެ ގައުމުގެ މެދުގައި އޮތް ރަނގަޅު ގުޅުން ގޯސް ވިޔަ ނުދިނުމަށް ވީހާ ވެސް އަވަހަށް މި މައްސަލަ ހައްލު ކުރުމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

ލަންކާގެ ސަރުކާރުން ވެސް އެ ކޯޓު އަމުރާ ގުޅޭގޮތުން ސުވާލު އުފައްދާފަ އެވެ. އަދި، އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ވެސް ވަނީ މިކަމުގެ ސަބަބުން ރަޝިއާގެ ފަތުރުވެރިން އަންނަ މިންވަރު ދަށްވެ ޓޫރިޒަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.