Advertisement

އެމެރިކާގެ ރައީސް ބައިޑެން ސައުދީ އަރަބިއްޔާ އަށް ވަޑައިގަންނަވަނީ

4 ޖޫން 2022 - 05:52 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެމެރިކާގެ ރައީސް ބައިޑެން ސައުދީ އަރަބިއްޔާ އަށް ވަޑައިގަންނަވަނީ

4 ޖޫން 2022 - 05:52 0

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ސައުދީ އަށް ދަތުރުކުރުމަށް އަދި ނިންމާފައި ނުވާ ކަމަށް ހުކުރު ދުވަހު ބައިޑެން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ކައިރި މުސްތަގުބަލެއްގައި ދަތުރު ކުރައްވާނެކަން ދޮގެއް ނުކުރައްވަ އެވެ.

މިއީ އިންސާނީ ހައްގުތައް އަރައިގަންނަ ކަމުގެ ތުހުމަތާ އެކު އެމެރިކާ އާއި ސައުދީގެ ގުޅުން ގޯސްވި ފަހުން އެ ގުޅުން އަލުން ބަދަހިކުރުމަށް ބައިޑެން ކުރައްވާ ދަތުރުފުޅެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ރަޝިއާ އިން ޔޫކްރެއިން ހިފަން ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ. އެމެރިކާ އިން ވަނީ މެދުއިރުމަތީގެ ގައުމުތަކުގެ އެހީއަށް އެދިފަ އެވެ.

ސެނެޓާއި ކޮންގްރެސްގައި އޮތް މެޖޯރިޓީ ދެމެހެއްޓުމަށް ބައިޑެންގެ ޑިމޮކްރަޓިކް ޕާޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތެލުގެ އަގު ބޮޑުވުމުން ތަކެތީގެ އަގުތައް އުފުލުމެވެ. ސައުދީއާ އެކު ކުރާ މަޝްވަރާތަކުގައި ތެލުގެ ސަޕްލައި އިތުރުކުރުމަށް ބައިޑެން ވާހަކަ ދައްކަވާނެ ކަމަށް ބެލެވެ އެވެ.

ސައުދީ އަށް ކުރައްވާ ދަތުރުފުޅުގައި ސައުދީގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާނާއި ވެސް ބައިޑެން ބައްދަލުކުރައްވާނެ އެވެ.

މި ޖޫން މަހުގެ ތެރޭގައި ޔޫރަޕުގެ ބައެއް ގައުމުތަކަށާއި އިޒްރޭލަށް ވެސް ބައިޑެން ވަޑައިގަންނަވާނެ އެވެ.