Advertisement

30 އަށް ވުރެ ގިނަ އެގްޒިބިޓަރުންނާއެކު އެފްއެންބީ ޝޯ ފަށައިފި

3 ޖޫން 2022 - 19:11 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެފްއެންބީ ޝޯގެ ތެރެއިން - ފޮޓޯ: ހައިރައިޒް


30 އަށް ވުރެ ގިނަ އެގްޒިބިޓަރުންނާއެކު އެފްއެންބީ ޝޯ ފަށައިފި

3 ޖޫން 2022 - 19:11 0

ކަލިނަރީ ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖު (އެފްއެންބީ) ޝޯ ގެ ފަސްވަނަ އެޑިޝަން ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ފަށައިފި އެވެ.

އިއްޔެ ފެށި ޝޯ މި މަހުގެ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 10އާ ހަމައަށް ކުރިއަށް ދާނެ އެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިިން މި އަހަރުގެ ޝޯ ގައި ރާއްޖެ އާއި ބޭރުގެ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓުހައުސްތަކުގެ އިތުރުން ލިވްއެބޯޑުތަކުގެ އެފްއެންބީގައި ހަރަކާތްތެރިވާ މީހުންނާއި ކާބޯތަކެތި އިމްޕޯޓު ކުރާ ވިޔަފާރިތަކާއި ހޯލްސޭލަރުންނާއި ކާބޯތަކެތި އުފައްދާ ވިޔަފާރިތަކާއި ކަލިނަރީ ދާއިރާގެ ފަންނީ މީހުން ވަނީ ބައިވެރިވެފަ އެވެ.

މިއަހަރުގެ އެފްއެންޑްބީ ޝޯގައި 30 އަށް ވުރެ ގިނަ ފަރާތްތަކުން ކާބޯތަކެތި ހިމަނާފައިވާއިރު، ޝޯއަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ވިޒިޓް އެންޑް ވިން ލަކީޑްރޯއެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ފަސްވަނަ އެފްއެންބީ ޝޯ ބާއްވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެންނެވެ. ކޯ ސްޕޮންސަރުންނަކީ ވިލާ ޓްރޭޑިން އާއި މޯލްޑިވްސް ގޭހެވެ.

މި އަހަރުގެ ޝޯ ފަށާފައިމިވަނި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. ހައިރައިޒުން އިންތިޒާމުކުރާ މި ޝޯ އެންމެ ފަހުން ބޭއްވީ 2019 ގަ އެވެ. ވޭތުވި ދެ އަހަރު މި އިވެންޓު ނުބޭއްވީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި އެއްވެ އުޅުން މަދުކުރަން އަންގާފައި އޮތުމާ ގުޅިގެންނެވެ.

އެފްއެންބީ ޝޯގެ އިތުރުން ހައިރައިޒުން ވަނީ އަހަރު ތެރޭގައި އާންމުކޮށް ބާއްވަމުން އައި ހުރިހާ އިވެންޓުތަކެއް މި އަހަރު ބާއްވަން ނިންމާފަ އެވެ. އޭގެ ތެރޭގައި ސައުތް އޭޝިއަން ޓްރެވަލް އެވޯޑާއި ލިވިން އެކްސްޕޯ އާއި ވެކޭޝަންސް އެކްސްޕޯގެ އިތުރުން މޯލްޑިވްސް ޝޯކޭސް އާއި ޕްރިންޓް އެންޑް އެޑްވަޓައިޒިން ޝޯ ހިމެނެ އެވެ.