Advertisement

ޔަމަނުގެ ހަނގުރާމަ އިތުރު ދެ މަހަށް މެދުކަނޑާލަން އެއްބަސްވެއްޖެ

3 ޖޫން 2022 - 09:40 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޔަމަނުގެ ހަނގުރާމަ އިތުރު ދެ މަހަށް މެދުކަނޑާލަން އެއްބަސްވެއްޖެ

3 ޖޫން 2022 - 09:40 0

ޔަމަނުގައި ކުރިއަށްދާ ދާހިލީ ހަނގުރާމަ އިތުރު ދެ މަސް ދުވަހަށް މެދުކަނޑާލަން ސަރުކާރާ އަދި ވަކިވެގަތުމަށް މަސައްކަތްކުރާ ހޫތީ ޖަމާއަަތުން އެއްބަސްވެއްޖެ އެވެ.

ރޯދަ މަހާ ދިމާކޮށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވި ދެ މަސް ދުވަހުގެ މުއްދަތު ބުރާސްފަތި ދުވަހަށް އޮތީ ހަމަވާ ގޮތަށެވެ. އެއީ، 2016 އިން ފެށިގެން ހަނގުރާމަ މެދުކަނޑާލި ފުރަތަމަ ފަހަރެވެ.

ނަމަވެސް، ގިނަ ދުވަސްތަކެއްގެ މަޝްވަރާ އަށް ފަހު އިތުރު ދެ މަސް ދުވަހަށް ހަނގުރާމަ މެދުކަނޑާލަން ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށް ޔަމަނަށް ކަނޑައަޅާފައި ހުންނަވާ އދ. ގެ ސްޕެޝަލް ރެޕެޓުއާ ވަނީ އިއުލާނު ކުރައްވާފަ އެވެ.

މިއީ އެތައް މިލިއަން ޔަމަނު ރައްޔިތުންނެއް ތަހައްމަލު ކުރަމުންދާ ދަތިތަކުން ސަލާމަތް ކޮށްދިނުމަށް ދެ ފަރާތުން ވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ސްޕެޝަލް ރެޕެޓުއާ ވިދާޅުވި އެވެ.

މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ފެނިގެންދިޔައީ ސުލްހަވެރިކަމާ އެކު މަޝްވަރާކޮށް ހަމަނުޖެހުންތައް ނައްތާލެވޭނެކަން ކަމަށް ވެސް ނޯވޭގެ ރެފިއުޖީ ކައުންސިލުން ބުނެފައިވެ އެވެ.

އެންމެ ފަހު ވަގުތުގައި ދެ ފަރާތުން ވެސް ހަނގުރާމަ އަލުން ނުފެށުމަށް އެއްބަސްވީ ކޮން ސަބަބުތަކާ ގުޅިގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.