Advertisement

ގަސް ހެއްދުމާއި ދަނޑުވެރިކަމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ވެލިގާއިން

7 ޖޫން 2022 - 07:42 0


ގަސް ހެއްދުމާއި ދަނޑުވެރިކަމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ވެލިގާއިން

7 ޖޫން 2022 - 07:42 0

ގޭތެރެ އާއި ގޯތިތެރޭގައި ގަސް ހެއްދުމުން ފެށިގެން އެކި ފެންވަރުގައި ދަނޑިވެރިކަން ކުރާ ފަރާތްތަކަށް އެންމެ މުހިންމު ކަމަކީ ދިގު މުއްދަތަކަށް ބޭނުން ކުރެވިދާނެކަމުގެ ޔަގީންކަން ބޮޑު ތަކެތި ހޯދުމެވެ. މިފަދަ މަސައްކަތަކަށް ސާމާނު ހޯދާއިރު، ކުރަންޖެހޭ ބޭނުމާއި ބޭނުން ކުރަން ފަސޭހަ މިންވަރާއި ފެންވަރަށް ބަލަން ޖެހެ އެވެ. ހަމައެކަނި އަގަށް ބަލައި މާ ހެޔޮ އަގެއްގައި ލިބެން ހުރި ތަކެތި ގަތުން ބުއްދިވެރިއެއް ނޫނެވެ. ކޮންމެ ކޮންމެ ތާކުން، ކޮންމެ ކޮންމެ އެއްޗެއް ހޯދުގެ އުސޫލަށް ވުރެ، ނަން ހިނގާ، އިތުބާރު ހިފޭ، ފެންވަރު ރަނގަޅު ޕްރޮޑަކްޓް ލިސްޓެއް ތައާރަފުކޮށް، މުދަލާމެދު ޔަގީންކަން ލިބިފައިވާ ފިހާރަތައް ހިޔާރު ކުރުން މުހިންމެވެ.

ވެލިގާ ބްރޭންޑުގެ ޔަގީންކަމަކީ މި ބުނެވުނު ރަނގަޅު މިންގަނޑުތަކެވެެ. ފެންވަރު ރަނގަޅުވުމެވެ. ވެލިގާއޭ ބުނުމުން ސިކުނޑިއަށް ވެރިވާން ފަސޭހަ ވާނީ ކޮންސްޓްރަކްޝަން، ނުވަތަ ގޭތެރޭގައި ބޭނުންކުރާ ސާމާނު ވިއްކުމުގައި ދެ ވަނައެއް ނެތް ތަނެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އެ ފިހާރައިގެ ޕްރޮޑަކްޓްތަކުން މުހިންމު އެހެން ލިސްޓެއް އެބަ އޮތެވެ.

ދަނޑުގޮވާން ކުރުމާއި ބަގީޗާ ހެއްދުމުގެ ފޯރި އާއި އެ ވިޔަފާރި ފުޅާވަމުން އަންނައިރު، ވެލިގާގެ ޕްރޮޑަކްޓް ލިސްޓްގައި އެކި ސައިޒުގެ އެކި ފަރުމާތަކުގެ ޕޮޓުން ފެށިގެން ފެން ދޭ ކުރަ އާއި ފެން ދޭން ބޭނުންކުރާ އެހެން ސާމާނާއި، ފަސްގަނޑުޖަހަން ބޭނުންކުރާ ސާމާނާއި ގަސްކޮށަން ބޭނުންކުރާ އެކި ވައްތަރުތަކާއި، ދަނޑުވެރިކަމާއި ގަސް ހެއްދުމަށް ބޭނުންކުރާ ފާޑު ފާޑުގެ ސާމާނު ހިމެނެ އެވެ.


ޕޮޓް

އޮފީހާއި ސިޓިން ރޫމާއި ނިދާ ކޮޓަރި އަދި ފާހާނަ އާއި ބަދިގޭގައި ގަސް ބަހައްޓަން ބޭނުންވާނަމަ، އެންމެ މުހިންމީ ގުޅޭ ޕޮޓެއް ހޯދުމެވެ. ވެލިގާއިން ވިއްކަން ހުރި ކަޕީ ބްރޭންޑްގެ ޕޮޓްތަކަކީ ފެންވަރު ރަނގަޅު އެކި ފަރުމާތަކާއި އެކި ސައިޒުގެ އަދި ތަފާތު ތަންތަނުގައި ބަހައްޓަން ބޭނުން ކުރެވޭ ޕޮޓެވެ.

ފެން ދޭ ކުރާ

ފެން ދޭ ކުރައިގެ ތިން ވައްތަރެއް ވެލިގާއިން މިހާރު ލިބެން އެބަ ހުއްޓެވެ. އެއީ ގެންގުޅެން ހެޔޮވަރު، އަތަށް ފަސޭހަ އަދި ހަލާކު ނުވެ ދިގު މުއްދަތަކަށް ގެންގުޅެވޭނެ ތަކެއްޗެވެ.


ޔާޓޯ އާއި ފްލޯ ބްރޭންޑުގެ ސާމާނު

ޔާޓޯއަކީ އިތުބާރު ބޮޑު ނަމެކެވެ. މި މަރުކާގެ ފެންޖަހާ އަތްގަނޑާއި މެޝިނާއި ގަސް އިންދަން ބޭނުންކުރާ އާލާތާއި، ފަސްގަނޑު ޖަހަން ބޭނުންކުރާ އެކި ސައިޒުގެ ފަކީރާ އާއި ދަތްގަނޑު ވެސް އެބަ ހުއްޓެވެ. ގަސްކޮށާ ކަތުރުގެ އެކި ވައްތަރު ވެސް ލިބޭނެ އެވެ. މީގެ އިތުރަށް ފްލޯ ބްރޭންޑްގެ ފެންޖަހަން ބޭނުންކުރާ ސާމާނާއި ގަސްކޮށަން ބޭނުންކުރާ ކަތުރާއި އުދައްޔާއި ފަކީރާ ވެސް އެބަ ހުއްޓެވެ.

ވެލިގާގެ އޮންލައިން ފިހާރަ

ވެލިގާގެ އޮންލައިން ފިހާރަ (ވެލިގާ.ކޮމް) އިން ހުރިހާ ސާމާނެއް ގަނެވޭނެ އެވެ. ނެޓުން ގަނެލައިގެން ރަށަށް ވިޔަސް، އަތަށް ވިޔަސް، ޑެލިވަރީކޮށް ދެ އެވެ. މި އޮންލައިން ފިހާރައިން ވަގުތުން ފައިސާ ވެސް ދައްކާލެވެ އެވެ. އެހާ ވެސް ފަސޭހަ އެވެ