Advertisement

ތެލާއި ކާޑާއި ބޭސް ގަންނަން އެސްޓީއޯ އަަށް އިތުރު 2.6 ބިލިއަން ރުފިޔާގެ ކްރެޑިޓު ދީފި

1 ޖޫން 2022 - 21:43 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު އަދި އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަންގެ ސީއީއޯ ހާނީ ސަލެމް، ފަހަތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މި އެއްބަސްވުމުގައި ސޮއިކުރީ މިހާރު މިސްރުގައި ކުރިޔަށްދާ އައިއެސްޑީބީ ގްރޫޕުގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: އައިއެސްޑީބީ


ތެލާއި ކާޑާއި ބޭސް ގަންނަން އެސްޓީއޯ އަަށް އިތުރު 2.6 ބިލިއަން ރުފިޔާގެ ކްރެޑިޓު ދީފި

1 ޖޫން 2022 - 21:43 0

ތެލާއި ކާޑާއި ބޭސް ގަންނަން އެސްޓީއޯއިން 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ)ގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނާ އެކު މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިސްރުގެ ޝަރަމުއްޝެއިހުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ސީއީއޯ ހާނީ ސާލެމް އެވެ.

އައިއެސްޑީބީގެ އަަހަރީ ބައްދަލުވުމަށް މިވަގުތު މިސްރުގައި ހުންނެވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ބައިވެރިވެވައިގެންނެވި އެވެ.

އައިއެސްޑީބީ އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ވެސް އެސްޓީއޯ އަށް މީގެ ފެސިލިޓީއެއްގެ ދަށުން ފައިނޭންސިން ހަމަޖައްސާދީފަ އެވެ. އެފަހަރު ދިނީ 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އެވެ. އެއީ ވެސް ތެލާއި ކާޑު ގަންނަން ނިމުނު އަހަރުގެ ތެރޭގައި ހަމަޖެއްސި ފެސިލިޓީއެކެވެ.

މިފަހަރު އެސްޓީއޯ އިން ފައިނޭންސިން ހޯދާފައި މިވަނީ އޭރަށް ވުރެ އިގުތިސޯދީ ހާލަތު ހައްސާސް ދަނޑިވަޅެއްގަ އެވެ. ސަބަބަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް ވެރިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން އުފުލެމުންދާ ތަކެތީގަ އެވެ.

އަގު އުފުލެމުންދާ ތަކެތީގެ ތެރެއިން ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާ ތެލުގެ އަގުތަކެވެ. މި އަހަރު ފެށުނު އިރު 70 ޑޮލަރުގައި ހުރި ތެޔޮ ފީފާއެއްގެ އަގު ވަނީ ނިމުނު މޭ މަހުގެ ނިޔަލަށް 120 ޑޮލަރަށް އުފުލިފަ އެވެ.