Advertisement

އެސްޓީއޯ ކްރެޑިޓް ސްކީމަށް ޕީކް-އަ-ބޫ، މެކްސްކޮމް އަދި ޕޮއިސްގެ މުދާ

1 ޖޫން 2022 - 21:02 0

އަމަން ހަލީމް

އަމަން ހަލީމް

ައެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގައި ހުންނަ މެކްސްކޮމްގެ ރީޓެއިލް އައުޓްލެޓުން ވިއްކާ ފޯނެއް: މިހާރު އެސްޓީއޯ ކްރެޑިޓް ސްކީމުން މި ވައްތަރުގެ ފޯނާއި އިތުރު ގިނަ ވައްތަރުގެ މުދާ ލިބޭނެ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެސްޓީއޯ ކްރެޑިޓް ސްކީމަށް ޕީކް-އަ-ބޫ، މެކްސްކޮމް އަދި ޕޮއިސްގެ މުދާ

1 ޖޫން 2022 - 21:02 0

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ހިންގާ ޒަމާންވީ ކްރެޑިޓް ސްކީމް ފުޅާކޮށް، ލީސިން ޕާޓްނަރުން މެދުވެރިކޮށް މުދާ ނެގޭ ގޮތަށް މިއަދު އިފްތިތާހުކޮށްފި އެވެ.

ކުރިން އެސްޓީއޯ ކްރެޑިޓް ސްކީމުން ނެގެނީ ހަމައެކަނި އެސްޓީއޯއިން ވިއްކާ ސާމަނު އެކަންޏެވެ. މިގޮތުން އެ ކުންފުނިން ވިއްކާ އިލެކްޓްރޯނިކްސް އާއި އެޕްލަޔަންސްތައް ސަރުކާރު މުވައްޒަފުންނަށާއި އެސްޓީއޯއާ އެކީ ކްރެޑިޓް އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދިޔައީ ދޫކުރަމުންނެވެ.

ލީސިން ޕާޓްނަރުންނާ ގުޅިގެން އިފްތިތާހު ކުރި ކްރެޑިޓް ސްކީމާ އެކީ މި ޕާޓްނަރުން ވިއްކާ މުދާ ވެސް ކްރެޑިޓަށް ނެގޭނެ މަގުފަހިވީ އެވެ. އަދި ކްރެޑިޓް ސްކީމުން ނެގޭ މުދާތަކުގެ ތެރޭގައި ކުޅޭއެއްޗެއްސާއި ފޯނާއި ލެޕްޓޮޕާއި ސެންޓު ފަދަ ސާމާނު ހިމެނުނީ އެވެ.

އެސްޓީއޯގެ ލީސިން ޕާޓްނަރުން

  • ޕީކް-އަ-ބޫ (ކުޅޭ އެއްޗެއްސާއި ކުޑަކުދިންނާ ގުޅޭ ސާމާނު)
  • މެކްސްކޮމް (ފޯނާއި ލެޕްޓޮޕާއި ކޮމްޕިއުޓަރު)
  • ޕޮއިސް (ސެންޓު)

ކްރެޑީޓް ސްކީމް ފުޅާކުރުމާ ގުޅިގެން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވީ މިކަން ކުރުމުގެ މަގުސަދަކީ "ޕީޕަލްސް ޗޮއިސްގެ ތެރޭގަ ހިނގާ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުން" ކަމަށެވެ.

އަމްރު އެ ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަސްޓޯއަކަށް ބަދަލުކޮށް ހުޅުވިއިރު، އެތަނުގެ ތެރެއިން ވިޔަފާރި ކުރަން ފުރުސަތު ދީފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. އޭގެ ތެރޭގައި ސިޓީ ބޭކަރީ އާއި ނޯޓް ކޮސްމެޓިކްސް ހިމެނެ އެވެ.

މިދީ ކުދި ވިޔަފާރިތައް ކުރުން ހުއްޓާލާ، ކުދި ވިޔަފާރިތަކަށް ފަހިކޮށްދޭން އެސްޓީއޯގެ މިހާރުގެ މެނޭޖުމަންޓުން ގެންގުޅޭ ވިސްނުމުގެ ތެރެއިން ކުރާ މަސައްކަތްތަކެވެ.

އެސްޓީއޯ ކްރެޑިޓް ސްކީމުން 50،000ރ. ގެ އަގުހުރި މުދާ ނެގޭނެ އެވެ. އެ މީހަކަށް މުދާ ނެގޭ ލިމިޓު ކަނޑައަޅަނީ މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބިނާކޮށެވެ.