Advertisement

އެމްއެންޔޫ ޖޮބްފެއާ އަކީ 'ވަޒީފާ ބާޒާރެއް'، ތިރީހަށްވުރެ ގިނަ ކުންފުނިން ވަޒީފާގެ ފުރުސަތު!

1 ޖޫން 2022 - 18:43 0


އެމްއެންޔޫ ޖޮބްފެއާ އަކީ 'ވަޒީފާ ބާޒާރެއް'، ތިރީހަށްވުރެ ގިނަ ކުންފުނިން ވަޒީފާގެ ފުރުސަތު!

1 ޖޫން 2022 - 18:43 0

ގައުމީ ޔުނިވަސިޓީން ކިޔަވާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި، އާންމުންނަށް ވެސް ހުޅުވާލައިގެން އެމްއެންޔޫގެ ޖޮބްފެއާ މިއަދު ފަށައިފި އެވެ - ފެއާ ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެވެ.

ފުރަތަމަ ފަހަރަށް އެމްއެންޔޫ އިން އިންތިޒާމްކޮށްގެން ބާއްވާ ޖޮބްފެއާގައި 30 އަށްވުރެ ވަޒީފާދޭ ފަރާތްތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އުރީދޫ، ދިރާގު، އެސްޓީއޯ، އެމްޑަަބްލިޔުއެސްއީ، ފަދަ ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ގިނަ ކުންފުނިތަކެއް ވެސް ހިމެނެ އެވެ. މި ކުންފުނިތަކުން މިވަގުތު ހުރި ވަޒީފާގެ ފުރުސަތުތަކާއި އިންޓާންޝިޕް ފުރުސަތުތައް ފެއާއިން އޮޅުންފިލުވައިލެވޭނެ އެވެ.


"މިއީ ރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލަދޭ ވަޒީފާގެ ބާޒާރެއް،" އެމްއެންޔޫގެ މާކެޓިން މެނޭޖާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްއެންޔޫއިން ފުރަތަމަ ފަހަރަށް ބާއްވާ ޖޮބްފެއާ އަކީ ދަރިވަރުން ކިޔަވައި ނިމުމަށްފަހު ވަޒީފާ ނުލިބިފައި ތިބޭ މިންވަރު އިތުރުވާތީ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ފަށާ ވަރަށް ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.

އެމްއެންޔޫގެ ދަރިވަރުންނަށް ހާއްސަ ފެއާއަކަށް ވިޔަސް، އާންމުންނަށް ޖޮބްފެއާ އޮތީ ހުޅުވާލާފަ އެވެ.

"އެމްއެންޔޫގެ ކުދިންނަށް އެކަނި ލިމިޓެއް ނޫން. އެހެން ކޮލެޖް ތަކުގެ ކުދިން ވެސް ވަރަށް ގިނައިން އެބަ އާދޭ. ސްކޫލް ކިރިޔާ ނިމޭ ކުދިން ވެސް އެބަ އާދޭ. އަޅުގަނޑުމެން ގަބޫލުކުރަނީ މިރޭ ނިމުމާ ހަމައަށް ތިން ހާހެއްހައި ދަރިވަރުން ފެއާއަށް ވިޒިޓް ކުރާނެ ކަމަށް،" ޝަހުދާ ވިދާޅުވި އެވެ.