Advertisement

ސްރީލަންކާގެ އަސްކަރިއްޔާ އަށް އާ ކޮމާންޑަރަކު އައްޔަނުކޮށްފި

1 ޖޫން 2022 - 08:59 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސްރީލަންކާގެ އަސްކަރިއްޔާ އަށް އާ ކޮމާންޑަރަކު އައްޔަނުކޮށްފި

1 ޖޫން 2022 - 08:59 0

ކޮލޮމްބޯ، ސްރީލަންކާ (31 މެއި) - އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ސްރީލަންކާގެ އަސްކަރިއްޔާގެ އާ ކޮމާންޑަރަކަށް އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އާ ބޭފުޅަކު އައްޔަނުކޮށްފި އެވެ.

އަސްކަރިއްޔާގެ ކޮމާންޑަރުގެ ފަތްކޮޅު ރިޔާސީ ގަނޑުވަރުގައި އޮތް ރަސްމިއްޔާތެއްގައި ވަނީ މޭޖާ ޖެނެރަލް ވިކުމް ލިޔަނަގޭ އަށް އަރުވާފަ އެވެ. ބުދަ ދުވަހުން އަސްކަރިއްޔާގެ މައި މަރުކަޒުގައި އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި އޭނާ މަގާމާ ރަސްމީކޮށް ހަވާލުވާނެ އެވެ.

އަސްކަރިއްޔާގެ އިސް ކޮމާންޑަރަކަށް އޭނާ އައްޔަނު ކުރުމުގެ ކުރިން ހުންނެވީ ޗީފް އޮފް ސްޓާފް އޮފް ދަ އާމީގެ މަގާމުގަ އެވެ. އޭނާގެ މަގާމު ލިއުޓެނަންޓު ޖެނެރަލަކަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އަސްކަރިއްޔާގެ ކުރީގެ ކޮމާންޑަރަކަށް ހުންނެވި ޖެނެރަލް ޝަވެންދުރަ ސިލްވާ ވަނީ ޗީފް އޮފް ޑިފެންސް ސްޓާފްގެ މަގާމަށް އައްޔަނުކޮށްފަ އެވެ.

ސްރީލަންކާގެ މިލިޓަރީ އެކަޑެމީ އިން ތަމްރީނު ފުރިހަމަކުރުމަށް ފަހު 1986 އިން ފެށިގެން ޖެނެރަލް ވިކުމް ގެންދަވަނީ އަސްކަރިއްޔާގައި ހިދުމަތް ކުރައްވަމުންނެވެ.

އޭނާ އަކީ އަސްކަރިއްޔާގައި ވަރަށް ހިދުމަތްތެރި އޮފިސަރެކެވެ. އަދި، ސިފައިންގެ ޝަރަފުގައި ލަންކާ އިން ދޭ ގިނަ މެޑަލްތަކެއް ވެސް އޭނާއަށް ލިބިފައިވެ އެވެ.