Advertisement

ފުވައްމުލަކުގައި ތެޔޮހުސްކުރި ޓޭންކެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

30 މޭ 2022 - 16:24 0

ފުވައްމުލަކުގައި ޓޭންކްގައި ރޯވި އަލިފާން ނިއްވާލާފަައި. އެ ހާދިސާގައި ދެމީހަކު ފިހުނު


ފުވައްމުލަކުގައި ތެޔޮހުސްކުރި ޓޭންކެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

30 މޭ 2022 - 16:24 0

ފުވައްމުލަކު ބަނދަރުގައި އޮތް ތެޔޮ ހުސްކުރި ޓޭންކެއްގައި އަލިފާން ރޯވެ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ރޯވީ ފުވައްމުލަކު ބަނދަރުގައި އޮތް ފިއުލް ޓޭންކެއްގައި ކަމަށާއި އެ ހާދިސާގައި އަނިޔާވީ ބަންގްލަދޭޝް މީހަކަށް ކަމަށެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ދެ މީހަކަށް އަނިޔާވި އިރު އެކަކުގެ ހާލު ސީރިއަސް އެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާ ހިނގީ ގޭސްކަޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަނިކޮށް ކަމަށެވެ. އެކަމަކު އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.