Advertisement

ސަރުކާރުން މަޖިލީހަށް ހުށަހެޅި 5 ބިލެއް އެމްޑީޕީ ޕީޖީ ގުރޫޕާ ހަމާގައި

26 މޭ 2022 - 12:24 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ކޮމިޓީއެއްގައި އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: އަދަދު


ސަރުކާރުން މަޖިލީހަށް ހުށަހެޅި 5 ބިލެއް އެމްޑީޕީ ޕީޖީ ގުރޫޕާ ހަމާގައި

26 މޭ 2022 - 12:24 0

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކުގެ ތެރެއިން ފަސް ބިލެއް ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި އެބައޮތް ކަމަށް އެ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މި ހިނގާ ދައުރަށް ސަރުކާރުން ޖުމްލަަ 22 ބިލެއް ހުށަހަޅަން ނިންމާފައި ވިޔަަސް އަދި ހުށަހެޅީ އެންމެ ދެ ބިލުކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.

މި ދައުރުގައި ސަރުކާރުން ހުށަހަަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓް މަޖިލީހަށް އިއްޔެ ފޮނުވުމުން، އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ލިސްޓްގައި ހުރި ގިނަ ބިލްތަކަކީ ހުށަހަޅަން ސަރުކާރުން އުއްމީދުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ބިލްތަކެއް ކަމަށެވެ. އެއީ ކުނި މެނޭޖްކުރުމުގެ ބިލާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މި ދައުރަށް ހުށަހަޅާ ބައެއް މުހިންމު ބިލްތައް

  • ކޯޓްތަކުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
  • ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
  • ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މާލިއްޔަތު ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
  • ކުނި ނައްތައިލުމާއި މެނޭޖްކުރުމުގެ ބިލް
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް

އެކަމުގެ ދިފާއުގައި ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ބުނި ގޮތުގައި, މި ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރެއިން ލިސްޓުގައި ހިމެނޭ ނުވަ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާނެ އެވެ.

ބިލުތައް ހުށަހެޅުން ލަސްވެގެން މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތްކަމަށް ބުނެ ޖަލްސާތައް ވަރަށް ކުރުކޮށްލަން ޖެހިފައިވާއިރު، އޭޖީ ހާމަކުރި އަދަދުގެ ދިފާއުގައި ރައީސް އޮފީހުން ވެސް ވަނީ ނުކުމެފަ އެވެ.

ރައީސް އޮފީހުން ރޭ ބުނި ގޮތުގައި އޭޖީ އޮފީހުން ފޮނުވި ނުވަ ބިލުގެ ތެރެއިން ހަތް ބިލެއް އެމްޑީޕީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

ސަރުކާރުން ހުށަހެޅި ބިލުތަކާ ގުޅޭގޮތުން، އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "އަދަދު"އަށް މިއަދު ވިދާޅުވީ އެ ބިލުތަކުގެ ތެރެއިން ފަސް ބިލެއް އަދި އޮތީ ޕީޖީ ގުރޫޕާ ހަމާގައި ކަމަށެވެ. އަދި އެ ބިލުތައް ސްޕޮންސާ ކުރާނެ މެމްބަރުން ކަނޑައެޅި، ވީހާވެސް އަވަހަކަށް އެ ބިލުތައް ވެސް ތަޅުމާ ހަމައަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކާ ގުޅޭ ގޮތުން ޕާޓީގެ ތެރޭގައި ވެސް ފުޅާ ދާއިރާއެއްގައި މިހާރު މަޝްވަރާ ކުރެވެ އެވެ.

"އެ ބިލެއްގެ ލީގަލް ފްރޭމްވާކް އޮންނަ ގޮތާއި އެ ބިލެއް ހުށަހެޅުމުގެ މަފްހޫމް ފަދަ ކަންކަމާމެދު އަޅުގަނޑުމެންގެ މެދުގައި މަޝްވަރާކުރެވޭ،" އަސްލަމް ވިދާޅުވި އެވެ.

އެފަދަ މަޝްވަރާތަކަށް ބިލުތައް ތަޅުމާ ހަމައަށް ދިޔުމުން، އަސްލަމް ވިދާޅުވީ އެ ބިލެއް ސްޕޮންސާ ކުރާ މެމްބަރުންގެ އިތުރުން އެ ބިލުގެ ދިފާއުގައި ވާހަކަ ދައްކަންވެސް މެމްބަރުންނަށް ފަސޭހަވެގެންދާ ކަމަށެވެ.