Advertisement

ކުރިއާ މެދުވެރިކޮށް ގެނައި ބައި ކިލޯ ކެނެބިސް އަތުލައިގަނެފި

25 މޭ 2022 - 19:34 0

އަމަން ހަލީމް

އަމަން ހަލީމް

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި: އަހަރުގެ މިހާތަނަށް ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކުރިއާ މެދުވެރިކޮށް ގެންނަނިކޮށް އަތުލައިގެންފި. -- ފޮޓޯ: ކަސްޓަމްސް


ކުރިއާ މެދުވެރިކޮށް ގެނައި ބައި ކިލޯ ކެނެބިސް އަތުލައިގަނެފި

25 މޭ 2022 - 19:34 0

އެއްތަނުން އަނެއް ތަނަށް ޕާރުސަލް އުފުލައިދޭ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ބައި ކިލޯ ކެނެބިސް ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

އެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށެވެ. އެތަކެތި ފެނުނީ ޕާރުސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ އެއްޗެއް ހުރެގެން އިތުރަށް ބަލަނިކޮށް ކަމ ަށް ވެސް ބުނެފައިވެ އެވެ.

މިތަކެއްޗާއެކު ކުރިއާ މެދުވެރިކޮށް މިއަހަރު ގެންނަން މަސައްކަތްކުރަނިކޮށް 6.374 ކިލޯގެ މަސްތުވާތަކެތި ކަސްޓަމަށް އަތުލައިގަނެވިފައިވެ އެވެ. އަދި އެއާ ކާގޯ މެދުވެރިކޮށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 17 ކިލޯއާ އެކު މި އަހަރުގެ މިހާތަނަށް 23 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން ވަނީ އަތުލައިގެންފަ އެވެ.

ފަހަކަށް އައިސް މިގޮތަށް އަތުލައިގަނެވޭ މަސްތުވާތަކެތީގެ އަދަދު އިތުރުވެފައިވާއިރު، މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކަސްޓަމުން ބުންޏެވެ.

"މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އެންމެފަހުގެ ޓްރެންޑްތައް ދެނެގަނެ މުވައްޒަފުންނާ ހިއްސާކޮށް، މުވައްޒަފުންގެ ހުނަރުވެރިކަން އިތުރުކުރުމަށްޓަކައި ކަމާގުޅުންހުރި ތަމްރީނުތައް ދީ، ބަލާފާސްކުރުމުގެ އެންމެފަހުގެ ވަސީލަތްތައް މަސައްކަތުގެ މާހައުލުގައި ބޭނުންކުރަން ވަނީ ފަށާފަ" ބަޔާނުގައި ބުނެފައިވެ އެވެ.

މި މަސައްކަތުގެ ތެރެއިން މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ އިތުރުން ކަސްޓަމްސްގެ އިންޓެލިޖެންސާއި ރިސްކް ދެނެގަންނަން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބަޔާނުގައި ބުންޏެވެ.

ކުރިއާ މެދުވެރިކޮށް ގެންނަ މަސްތުވާތަކެތީގެ އިތުރުން މިފަހަކަށް އައިސް ކެރިއަރުން ބޭނުންކޮށްގެން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދުތައް ވަނީ އިތުރުވެފަ އެވެ.

މިފަހުން ވެސް ކަސްޓަމުން ވަނީ ބްރެޒިލް މަގުން ރާއްޖެ އައި އެމެރިކާ މީހެއްގެ އަތުން ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލާފަ އެވެ.