Advertisement

ބޮޑު ވަޒީރު ރަނިލްއަށް ފިނޭންސް މިނިސްޓަރުގެ ޒިންމާ ހަވާލުކުރައްވައިފި

ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. -- ފޮޓޯ: އަޑަޑެރަނަ


ބޮޑު ވަޒީރު ރަނިލްއަށް ފިނޭންސް މިނިސްޓަރުގެ ޒިންމާ ހަވާލުކުރައްވައިފި

ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ބުދަ ދުވަހުގެ ހެނދުނު ފިނޭންސް މިނިސްޓަރުގެ ޒިންމާތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ.

ބުދަ ދުވަހުގެ ހެނދުނު އެމަނިކުފާނު މަގާމުގެ ހުވާ ކުރެއްވީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކުރިފުޅުމަތީގައި ކަމަށް ރައީސްގެ މީޑިއާ ޑިވިޝަނުން ބުނެ އެވެ.

ސްރީލަންކާގެ ތާރީހުގައި ދުވަހަކު ވެސް ކުރިމަތި ނުވާ ފަދަ ބޮޑު އިގްތިސާދީ ކާރިސާއެއް މިހާރު ކުރިމަތިވެފައިވާ އިރު، ބޭރު ފައިސާގެ ދަތިކަމާ ހެދި އާއްމު ދިރިއުޅުމަށް ވަނީ ހުރަސް އެޅިފަ އެވެ. އެގޮތުން ޒަރޫރީ ކާބޯތަކެއްޗާއި، ބޭސް އަދި ތެލާއި ގޭސް އިމްޕޯޓް ކުރެވޭނެ ގޮތެއް ނެތެވެ.

މިދިޔަ ހަފްތާގައި ބޮޑު ވަޒީރުގެ އޮފީހުން ބުނީ ފިނޭންސް މިނިސްޓަރުގެ މަގާމަށް އެމަނިކުފާނު އައްޔަނު ކުރައްވާނެ ކަމަށެވެ.

މޭ މަހުގެ ކުރީކޮޅު ރަނިލް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ ރައީސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ސަޕޯޓަރުން ސުލްހަވެރި މުޒާހަރާއަށް ހުރަސް އެޅުމުން އުފެދުނު ހަމަނުޖެހުމުގެ ތެރެއިން ޕްރެޝަރު ބޮޑުވުމުންނެވެ. އެ ހަމަނުޖެހުމުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ނުވަ މީހުން މަރުވި އެވެ.

އުމުރުން 73 އަހަރުގެ އާ ބޮޑު ވަޒީރު ރަނިލް ވައުދުވެވަޑައިގެންނެވީ ހުރިހާ ޕާޓީތަކެއް ހިމެނޭ އެއްބައިވަންތަ ސަރުކާރެއް ގާއިމް ކުރުމަށެވެ.