Advertisement

ވަކި ހާލަތްތަކެއްގައި ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް

24 މޭ 2022 - 15:08 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ


ވަކި ހާލަތްތަކެއްގައި ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް

24 މޭ 2022 - 15:08 1

ވަކި ހާލަތްތަކެއްގައި ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބޭ ގޮތަށް މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވައިދެއް އެކުލަވާލައި މިއަދު އާންމުކޮށްފި އެވެ.

ފުލުހުން ހަދައި އާންމުކުރި މި ގަވައިދުގައި ބުނާ ގޮތުން، އެކްސިޑެންޓުތަކުން މަރުވާ މީހުންނާއި އަމިއްލައަށް މަރުވާ މީހުންނާއި ގަސްދުގައި މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި އިހުމާލުގެ އަމަލަކުން މަރުވާ މީހުންގެ މައްސަލަތަކުގެ އިތުރުން ގުދުރަތީ ހާދިސާތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެން ވެ އެވެ.

މަރުވެފައި އޮތީ ކާކުކަން ނޭނގޭ ހާލަތްތަކުގައި ކާކު ކަން ދެނެގަތުމަށް ބޭނުންވާ އެންމެހާ ސާމްޕަލްތައް ނެގުމަށް ގާނޫނުގައި ވަނީ މަޖުބޫރުކޮށްފަ އެވެ.

ޕޯސްޓްމޯޓަމް ހަދަނީ ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު ނަމަ އެ ހަށިގަނޑަށް އައިޑެންޓިފިކޭޝަން ނަންބަރެއް ދިނުމަށްފަހު ހާއްސަ ޑާޓާބޭސްއެއްގައި އެ މައުލޫމާތު ރެކޯޑް ކުރުމަށް ވަނީ ބަޔާންކޮށްފަ އެވެ. މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑާ ގުޅޭ ގޮތުން ތަހުގީގަށް އިތުރު ކަމެއް ބޭނުން ނުވާނަމަ ލަސްކުރުމެއް ނެތި އާއިލާއާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފުލުހުންނަށް ޕޯސްޓްމޯޓަމް ހެދޭނީ ކޮމިޝަނާ އޮފް ޕޮލިސްގެ ހުއްދައާއެކުގަ އެވެ. އަދި ޕޯސްޓްމޯޓަމް ހެދޭނީ ދިވެހި ސަރުކާރުން ގަބޫލުކުރާ ރާއްޖޭގެ މަރުކަޒުތަކާއި ބޭރު ގައުމުތަކުގައި އެ ގައުމެއްގެ ސަރުކާރުގެ ހުއްދަ އޮތް ތަންތަނުންނެވެ.

ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވައިދު އެކުލަވާލައި އާންމުކޮށްފައި މިވަނީ ގަވާއިދު ހަދަންޖެހޭ މުއްދަތު ހަމަވިތާ ދޮޅު އަހަރު ފަހުންނެވެ.