Advertisement

72 ކިލޯގެ ޑްރަގްސް މައްސަލަ: މުއްދަތުގެ ފަހުން ހުށަހެޅުމުން ދެ މީހެއްގެ ދައުވާތައް ބޭރު

24 މޭ 2022 - 14:02 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ އުފުލި މީހުން: ދެ މީހަކަށް ކުރާ ދައުވާތަކެއް ބޭރުކޮށްލި


72 ކިލޯގެ ޑްރަގްސް މައްސަލަ: މުއްދަތުގެ ފަހުން ހުށަހެޅުމުން ދެ މީހެއްގެ ދައުވާތައް ބޭރު

24 މޭ 2022 - 14:02 0

ޖިނައީ އިޖުރާއަތުގެ ގާނޫނުގައި ދައުވާ ކުރަން ފޮނުވުމަށް ފަހު ކޯޓަށް ހުށަހަޅަން ބަޔާން ކޮށްފައިވާ މުއްދަތު ފާއިތުވި ފަހުން ހުށަހެޅި ކަމަށް ބުނެ ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ދައުވާ އުފުލިފައިވާ ދެ މީހަކަށް ކުރާ ދައުވާތަކެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

"މަސްޖަރީ" ނަމަކަށް ކިޔާ ދޯނީގައި މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ތިބީ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު، 32، އަދި ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމް، 28 އެވެ.

އެ މީހުންގެ އިތުރަށް އަށް މީހަކު ހައްޔަރުކޮށް އެ އެންމެންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ. އަދި އެއިން ތިން މީހެއްގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލި އެވެ.

ދެ ގަޒިއްޔާއެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އެއިން ދެ މީހެއްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއް އެއީ މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ދައުވާތަކެއް ކަމަށް ކަނޑައަޅައިފަ އެވެ.

އެއީ ހ. ކ. މާލެ، ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް، 27، އާއި ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް، 34، ގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ.

ކޯޓުން ބޭރުކޮށްލީ މުހައްމަދު އަކްރަމްގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ހިނގާ ކެނަބިސް ބޭނުން ކުރުމުގެ ދައުވާއެއް އަދި ވެސް ކޯޓުގައި ކުރިއަށް އެބަ ހިނގަ އެވެ. މުހައްމަދު ޝަރީފްގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.

ގާޒީ ހަސަން ސައީދު އިއްވި ހުކުމުގައިވާ ގޮތުން، އެ ތިން ދައުވާ ވެސް މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު އިތުރު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ރ.) އާ ހިލާފަށް ކަން ޝަރީއަތަށް ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.

ގާޒީ އެ ގޮތަށް ނިންމެވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން ފުރުސަތުގައި އޭގެ ހުށަހެޅުމެއްގެ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ތަހުގީގު ކުރި މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެ ދައުވާ ލިބޭ އެ ދެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދެ ފަރާތުން ކުރި ބަހުސަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.

ދެ ފޯލިއޯ ނަންބަރެއްގައި ދައުލަތުން ދެ ލިޔުމެއް ހުށަހަޅާފައިވާއިރު އެ ދެ ލިޔުުމަކީ އެއް ލިޔުމެއް ކަމަށް ދައުލަތުން ބުނެފައިވެ އެވެ. ގާނޫނުގައި އޮންނަ ގޮތުގެ މަތިން ތަހުގީގުގެ މުއްދަތު އިތުރު ކޮށްދޭން ދައުލަތުން ހުށަހެޅި ލިޔުމުގައި ފޯލިއޯ ނަންބަރުގެ އިދާރީ އޮޅުމެއް އޮތް ކަމަށް ބުންޏަސް، ދެ ލިޔުމުގައި ތަފާތުތަކެއް ހުރުމުން ގާޒީ ނިންމެވީ އެއީ ދެ ލިޔުމެއް ކަމުގަ އެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުން

  • ދ. މާއެނބޫދޫ، އަނބުގަސްދޮށުގެ، އަހުމަދު ނަސީރު، 38 އަހަރު
  • ކ. މާލެ، މއ. ކަނޑޫގެ، އަލީ އަހުމަދު އަހުމަދު، 37 އަހަރު
  • ކ. މާލެ، ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް، 27 އަހަރު
  • ރ. އިނގުރައިދޫ، އެލެސްކާ، އަބްދުﷲ ވިޝާމް، 26 އަހަރު
  • ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޗަރީފް، 34 އަހަރު
  • ތ. ތިމަރަފުށީ، ތަޑިރަތްމާގެ، މުހައްމަދު ވަޖީހު، 35 އަހަރު
  • ރ. ރަސްގެތީމް، ފީރޯޒްގެ، އަހުމަދު ޝިނާން، 30 އަހަރު

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރިން ވިދާޅުވީ ފުލުހުންގެ އިންޓެލާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އަދި މެރިން ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި އަތުލައިގެންފައިވަނީ ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ. އެކަމަކު އެ އޮޕަރޭޝަނުގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ފަހުން ބުންޏެވެ.

މި މަސްތުވާތަކެތި މާލެއަށް ބާލައި ކާރަށް އަރުވާފައި ދުއްވަން ފެށިތަނުން އެ ކާރު ފުލުހުން ހުއްޓުވީ ފަރީދީމަގުންނެވެ. އެ ކާރު ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ހުރީ ދެ ސޫޓްކޭހާއި ދެ ގޯނީގަ އެވެ. ސޫޓް ކޭސްތަކުން ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، ކާރުތެެރެއިން އަތުލައިގަތް މަސްތުވާތަކެތި އަޅާފައި ހުރީ ގޯންޏަށެވެ.