Advertisement

ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޝާން އައްޔަންކުރަން ރުހުން ދީފި

24 މޭ 2022 - 10:33 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޖަރުމަނަށް ރާއްޖޭން ކަނޑައަޅާފަައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރާ އައިޝަތު ޝާން. އޭނާ މިހައިތަނަށް ހުންނެވީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި-


ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޝާން އައްޔަންކުރަން ރުހުން ދީފި

24 މޭ 2022 - 10:33 0

ރާއްޖެއިން ޖަރުމަނު ވިލާތުގައި ހުންނަވާ ސަފީރަކަށް، އާއިޝަތު ޝާން ޝާކިރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ލަތީފު (ސީވީޑް ލަތީފު) އަނބުރައި ގެންނަވައި، އެ މަގާމަށް ޝާން އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ މިދިޔަ އޭޕްރީލް 20، ގަ އެެވެ. ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކުރުމަށްފަހު، ޝާންއަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝާންއަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 29 މެންބަރުންގެ އިއްތިފާގުންނެވެ.

ޖަރުމަނަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ރުހުން ދިން އާއިޝަތު ޝާން މިހާރު ހުންނެވީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ. އޭނާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޗީފް އޮފް ޕްރޮޓޮކޯލް އެވެ.

ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން އަހުމަދު ލަތީފަށް ދެއްވީ 2019 ވަނަ އަަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އޭނާ އަނބުރާ ގެންނަވަނީ ކީއްވެކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.