Advertisement

ޗެއާޕާސަން ކަމަށް ރަސްމީކޮށް ހަވާލުވެވަޑައިގެން ފައްޔާޒު މަސައްކަތަށް

23 މޭ 2022 - 15:03 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ މިއަދު ހަވާލުވެވަޑައިގެން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވަނީ-- ފޮޓޯ: އެމްޑީޕީ


ޗެއާޕާސަން ކަމަށް ރަސްމީކޮށް ހަވާލުވެވަޑައިގެން ފައްޔާޒު މަސައްކަތަށް

23 މޭ 2022 - 15:03 1

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން ފައްޔާޒު ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ބަލިކުރައްވަ އެވެ.

އިންތިހާބުގައި ފައްޔާޒު 58 ޕަސެންޓު ވޯޓު ހޯއްދެވިއިރު، މެންބަރު އިމްތިޔާޒް ފަހުމީއަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ވޯޓެވެ.

އެމްޑީޕީގެ އޮފީހުން ބުނީ ޗެއާޕާސަންގެ މަގާމާ ރަސްމީކޮށް ފައްޔާޒު ހަވާލުވެވަޑައިގެންފައި ވަނީ މިއަދު ކަމަށެވެ. މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އޭނާ ވަނީ ޕާޓީގެ ސެކްރެޓޭރިއަޓްގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފަ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ.

އެމްޑީޕީގެ އާ ޗެއާޕާސަންގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވަ އެވެ.