Advertisement

ފިހާރަތަކުން ކުނި ބިސް ވިއްކާތީ ސަމާލުވާން އިލްތިމާސްކޮށްފި

23 މޭ 2022 - 11:18 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ބޭރު ގައުމެއްގެ ބާޒާރުމަތީގައި ބަހައްޓާފައި ހުރި ބިސްތަކެއް-- ފޮޓޯ: އެލާމީ


ފިހާރަތަކުން ކުނި ބިސް ވިއްކާތީ ސަމާލުވާން އިލްތިމާސްކޮށްފި

23 މޭ 2022 - 11:18 0

ބައެއް ފިހާރަތަކުން ކުނިވެފައި ހުރި ބިސް ވިއްކާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީން ބުނީ ފަހަކަށް އައިސް މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިފެވައި ހުންނަކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.

މިއީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރާ އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވުމުން ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެމްއެފްޑީން ބުނީ ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާ އެކު ބެހެއްޓޭނީ ގިނަވެގެން ތިން މަހުގެ މުއްދަތަކަށް ކަމަށެވެ. އަދި ބިސް ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހަށް ކަމަށެވެ.

"މުއްދަތު ހަމަނުވި ކަމުގައި ވިޔަސް، ހުންނަންޖެހޭ ފިނި ހޫނުމިނަށް ނުބަހައްޓާ ނަމަ ބިސް ކުނިވުމުގެ ފުރުސަތު އޮވޭ،" އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން އެ އިދާރައިން ވަނީ ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް، މުއްދަތު ހަމަވާ ތާރީހު އެނގޭ ގޮތަށް ބިސް ވިއްކަން ބެހެއްޓުމަށް އަންގަފަ އެވެ.

އަދި ބިސް ގަންނައިރު މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.