Advertisement

ގއ. ވިލިނގިލީ ނެރުގައި ލޯންޗެއް ޖެހި، ދެ މީހަކު މަރުވެއްޖެ

21 މޭ 2022 - 21:12 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ގއ. ވިލިނގިލީ ނެރުމައްޗަށް ލޯންޗު އެރި ހާދިސާގައި މަރުވި ދެ މީހުން. --


ގއ. ވިލިނގިލީ ނެރުގައި ލޯންޗެއް ޖެހި، ދެ މީހަކު މަރުވެއްޖެ

21 މޭ 2022 - 21:12 1

ގއ. ވިލިނގިލިއްޔަށް ދިޔަ ލޯންޗެއް އެ ރަށު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ލޯންޗު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި، ނެރުގައި ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ކަނޑަށް ވެއްޓި ގެއްލުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ގެއްލުނު ދެ މީހުން ފެނިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ދެ މީހުން މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

ލޯންޗް އެކްސިޑެންޓްގައި ދެ މީހަކު މަރުވުމާ ގުޅިގެން ވިލިނިގިލީ ހޮސްޕިޓަލް ސަރަހައްދަށް މީހުން ޖަމާވެފައި. -- ފޮޓޯ: އަދަދު


މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީ، ދޫރެސް މިސްބާހު މުހްސިން އާއި ނ. ލަންދޫ އުރަހާ، މުހައްމަދު ޝާފިއު ކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.

އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ދަތުރު ކުރަމުން ދިޔައީ ޖުމްލަ ފަސް މީހުންނެވެ. ލޯންޗުގައި ދެން ތިބި ތިން މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ވިލިނގިލީ ހޮސްޕިޓަލުން ބުނި ގޮތުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ. އަނެއް ދެ މީހުންނަށް ވެސް ހާލަތު ވެސް ގޯސް ކަމާއި ތިން މީހުން ވެސް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވިލިނގިލި