Advertisement

މާލެ ސިޓީން މަދިރި ކޮންޓްރޯލް ކުރުމަށް ކެމްޕޭނެއް ފަށައިފި

21 މޭ 2022 - 13:46 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މަދިރި މަދުކުރުމަށް ފެށި ކެމްޕޭނުގެ ތެރެއިން-- ފޮޓޯ: މާލެ ސިޓީ ކައުންސިލް


މާލެ ސިޓީން މަދިރި ކޮންޓްރޯލް ކުރުމަށް ކެމްޕޭނެއް ފަށައިފި

21 މޭ 2022 - 13:46 0

މާލެ ސިޓީގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް "މަދިރި ހޯހޯ" ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭނަކީ އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މިއަދު ފެށި އެ ކެމްޕޭން އިފްތިތާހުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ހުޅުމާލެ ރުއްގަނޑު އެކެއްގައި ފެށިގެން އެ އެޗްޕީއޭގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

އެ ކެމްޕޭން އިފްތިތާހު ކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި ވަރަށްބޮޑަށް މަދިރި އާލާވާ ތަންތަނާއި، ކުނި ގިނަވެ ނުސާފުކޮށް އޮންނަ ތަންތަން ގިނަކަން ފާހަގަކުރައްވާފަ އެވެ.

މާލެ ސިޓީ އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެން ގުޅިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، މިކަމަކީ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސްކޫލްތަކުން ހާއްސަ ދުވަހެއްގައި ނުކުމެ ސާފުކޮށްލުމުން އެކަނި ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، މިއީ ފަރުދީ ޒިންމާ އަދާކޮށް، އެންމެން އެކުގައި މެނުވީ ހައްލު ނުކުރެވޭނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިސްކަންދޭންވީ ފަރުދީ ޒިންމާއެއްވެސް އޮތްކަން ގަބޫލު ކޮށްގެން، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން އަތްފޯރާފަށުގައި ހުރި ތަންތަން އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ރައްކާތެރި ކަމާއި ސާފުތާހިރު ކަމުގައި ދެމެހެއްޓުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީއަކީ ބަލިތަކުން ރައްކާތެރިވެފައިވާ ސާފުތާހިރު ސިޓީއަކަށް ހެދުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި، އެތަންތަނުގެ ވެރިންގެ އިތުރުން މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ފަރުދީ ޒިންމާ އަދާކުރުމާ އެކު މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ވުމަށް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.