Advertisement

ރިސޯޓު އިމާރާތެއްގެ ބެލްކަނިން ވެއްޓި ޒުވާނަކު މަރުވެއްޖެ

21 މޭ 2022 - 10:50 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މަރުވި ފުވައްމުލަކު ދަޑިމަގު އަވަށު، ޒައިދު އިބްރާހިމް، 28-- ފޮޓޯ: ފޭސްބުކް


ރިސޯޓު އިމާރާތެއްގެ ބެލްކަނިން ވެއްޓި ޒުވާނަކު މަރުވެއްޖެ

21 މޭ 2022 - 10:50 1

ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ.

މަރުވީ ފުވައްމުލަކު ދަޑިމަގު އަވަށަށް ނިސްބަތްވާ، ޒައިދު އިބްރާހިމް، 28، އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ރ. އަތޮޅު ރިސޯޓެއްގައި އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން ދިވެހި ފިރިހެނަކު ވެއްޓިފައިވާ ކަމަށް ރޭ 12:49 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓުނީ ހަތަރުވަނަ ފަންގިފިލާގެ ބެލްކަންޏަކުންނެވެ. ހާދިސާއަށްފަހު ފަރުވާ ދިނުމަށް އޭނާ ގެންދިޔައީ އެ އަތޮޅު އުނގޫފާރު ހޮސްޕިޓަލަށެވެ.

އުނގޫފާރު ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލަށް ޒައިދު ގެނައިއިރު ވެސް ވެސް މަރުވެފައިވާ ކަމަށެވެ. އަދި އޭނާ ގެނައި އިރު ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ އެ ރަށު ޒުވާނަކު ނިޔާވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް, އެ ހާދިސާ ހިނގާފައިވަނީ ކިހިނެތްކަން ނޭނގޭ ކަމަށެވެ.

ޒައިދު މަރުވިއިރު އަންބަކާއި ދަރިއަކު ހުރެ އެވެ.

އިމާރާތުގެ މަތިން ވެއްޓި މީގެ ކުރިންވެސް މީހުން މަރުވެފައި އެބަހުއްޓެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު ވަނީ ހުޅުމާލެ އިމާރާތަކުން ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު ވެސް މަރުވެފަ އެވެ.