Advertisement

މީޑިއާނެޓުގެ އޮފީހެއް ހިޔާ ޓަވަރު 12 ގައި ހުޅުވައިފި

20 މޭ 2022 - 15:02 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޓަވަރު 12 ގައި ހުރި މީޑިއާނެޓުގެ އޮފީސް. މި ތަނުން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ލިބިގެންދާނެ --- ފޮޓޯ: އެޗްޑީސީ


މީޑިއާނެޓުގެ އޮފީހެއް ހިޔާ ޓަވަރު 12 ގައި ހުޅުވައިފި

20 މޭ 2022 - 15:02 0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން މީޑިއާނެޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ޓަވަރު 12 ގައި އެ ކުންފުނީގެ އޮފީހެއް ހުޅުވައިފި އެވެ.

ދެ ވަނަ ފިޔައްވައްސަށް މީޑިއާނެޓްގެ ހިދުމަތް ދެނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކުންނެވެ. ނަމަވެސް، މިހާތަނަށް އައިއިރު މީޑިއާނެޓުގެ އޮފީހެއް ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައި ނުވެ އެވެ.

"އެންމެ މުހިންމީ އަޅުގަނޑުމެންނަށް ކަސްޓަމަރުން. އާ އޮފީހުގެ ސަބަބުން ފަސޭހަކަމާ އެކު އަޅުގަނޑުމެންގެ ހިދުމަތްތައް ހޯދޭނެ. ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ މައުލޫމާތުތައް އަޅުގަނޑުމެންގެ މުވައްޒަފުން އެތަނުން ފޯރުކޮށްދޭނެ،" މީޑިއާނެޓުން މި ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ.

ހިޔާ ފްލެޓުތަކުގެ އާބާދީ ދުވަހެއް ދުވަހަކަށް މައްޗަށް ދާއިރު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަތްތައް ހޯދޭނެ މަގުފަހި ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތްތަކެ ކުރަމުންނެވެ.

"އަޅުގަނޑުމެންގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ޓީވީ އަދި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ރައްޔިތުންނަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ވަނީ މަގުފަހިވެފައި،" މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނެފައިވެ އެވެ.

އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް މީޑިއާނެޓުގެ ހިދުމަތް މިދިޔަ ނޮވެމްބަރު 1، އިން ފެށިގެން އަންނަނީ ހިޔާ ފްލެޓަށް ދެމުންނެވެ.