Advertisement

އަގުހުރި އިނާމުތަކާ އެކު އެސްޓީއޯގެ "ކްރޫގާ ޗެލެންޖު 2022" ފަށައިފި

20 މޭ 2022 - 09:12 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެސްޓީއޯ އިން މި ޕްރޮމޯޝަންގައި ދިނުމަށް ނިންމާފައިވާ ބައެއް އިނާމުތައް ޕީޕަލްސް ޗޮއިސްގައި ޑިސްޕްލޭ ކޮށްފައި --- ފޮޓޯ: އެސްޓީއޯ


އަގުހުރި އިނާމުތަކާ އެކު އެސްޓީއޯގެ "ކްރޫގާ ޗެލެންޖު 2022" ފަށައިފި

20 މޭ 2022 - 09:12 0

އަގުހުރި އިނާމުތަކެއް ލިބޭ ގޮތަށް އެސްޓީއޯ އިން ކުރިއަށްގެންދާ "ކްރޫގާ ޗެލެންޖު 2022" ފަށައިފި އެވެ.

އިއްޔެ ފެށި އެ ޕްރޮމޯޝަން އަންނަ ޖުލައި 31، ގެ ނިޔަލަށް އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އަދި އެ ކުންފުނީގެ ރީޖަނަލް ފިހާރަތަކުގައި ކުރިއަށް ގެންދާނެ އެވެ.

މި ޗެލެންޖުގައި ބައިވެރިވުމަށްޓަކައި އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކާ "ކްރޫގާ" ބްރޭންޑުގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކާ އެއްޗެއް ތައްޔާރު ކުރުމަށް ފަހު #STOKrugerChallenge2022 އާއެކު ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަން ޖެހެ އެވެ.

މި ޗެލެންޖުގެ ތެރެއިން ފޮޓޯ ޝެއާ ކުރާ މީހުންގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި އެކަކު ހޮވައި އެންމެ ގިނަ ލައިކްސް އަދި ރިއެކްޝަންސް ލިބިފައިވާ ޕޯސްޓު ޖަހާ މީހާ އަށް އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ސޯޝަލް މީޑިއާ ބައިގެ އިތުރުން "ކްރޫގާ" ގެ އުފެއްދުންތައް ބައްލައިވައި ގަތުމުން އިނާމާއި ޑިސްކައުންޓު ލިބޭނެ އެވެ.

އެގޮތުން، ކޮންމެ "ކްރޫގާ" އުފެއްދުމަކަށް ޑިޖިޓަލް ކޫޕަނެއް ދޭނެ ކަމަށާއި ޕްރޮމޯޝަން ނިމުމުގެ ކުރިން އެއްވަނައަށް ހޮވޭ މީހަކަށް ބެނެލީ ޕެނެރިއާ ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ދެވަނައަށް ހޮވޭ މީހަކަށް އައިފޯން 13 ޕްރޯ މެކްސްއެއް ދޭން ނިންމާފައިވާއިރު ތިންވަނަ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފިލިޕްސް ބްރޭންޑްގެ 55 އިންޗް ޓީވީ އެކެވެ.

އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ "ކްރޫގާ" އަކީ ޖަރުމަނުގެ މޮޅު އުފެއްދުމެކެވެ. އެސްޓީއޯ އިން ވިއްކާ "ކްރޫގާ" ގެ ޕާސްތަނޫސާ ޗޮކުލެޓް ސްޕްރެޑު އުފެއްދުންތަކުގެ ތެރޭގައި ޗޮކުލެޓު ޑުވޯ އަދި ޑާކް ޗޮކުލެޓު ވެސް ހުރެއެވެ. މިއީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ.