Advertisement

12 ކިލޯ ޑްރަގް މައްސަލަ: ދެ މީހަކަށް ދައުވާކޮށް އެކަކު ޑީޕޯޓްކޮށްލައިފި

19 މޭ 2022 - 23:26 0

12 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން


12 ކިލޯ ޑްރަގް މައްސަލަ: ދެ މީހަކަށް ދައުވާކޮށް އެކަކު ޑީޕޯޓްކޮށްލައިފި

19 މޭ 2022 - 23:26 0

މި އަހަރުގެ މާޗު މަހު، ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ދައުވާކުރަން ނިންމައި އެކަކު ޑީޕޯޓްކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ މާޗްމަހު 12 ކިލޯ ޑްރަގް އަތުލައިގަތް އޮޕަރޭޝަންތައް ހިންގީ ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެންނެވެ.

އޮޕަރޭޝްންތަކުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރީ ނ. ވެލިދޫ މަރިޔާޒް، މުހައްމަދު އަބްދުއްލަތީފް (30އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަވްސަރު އަލަމް (30އ) އެވެ.

ސުމޭޝް ކޭއޭ ކްރިޝްޓެން ކުޓީގެ މައްޗަށް ދެ ދައުވާ ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި އަބްދުލް ލަތީފްގެ މައްޗަށް ވަނީ ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

ސުމޭޝް ކޭއޭ ކްރިޝްނަންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމިއިރު، އަބްދުއްލަތީފްގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ހުށަހަޅަން ނިންމީ ޑްރަގް ކޯޓަށެވެ.

ކައުސަރު އަލަމްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގާރީނާ ލިބިފައިވާކަމަށް ނުފެންނާތީ، އޭނާގެ ބައި އަނބުރާ ފޮނުވާލަން ދައުލަތުން ނިންމި އެވެ. ނަމަވެސް، އޭނާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަންގައި ދެންނެވުމަށް ފުލުހުން ލަފާ ދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަބްދުލް ލަތީފަކީ ލޯންޗު ދުއްވަން އިން މީހާ އެވެ. ފުލުހުން ކުރިން ކޯޓުގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުންނާއި މޮބައިލް އެކްސްޓްރެކްޝަން ރިޕޯޓުގައި ހުރި މެސެޖުތަކަށް ބަލާއިރު، އޭނާ މަސްތުވާތަކެތި ބަލާދާކަން އެނގޭ ކަމަށް ބެލެވޭ ފަދަ މެސެޖުތަކެއް ވެސް ވަނީ ފެނިފަ އެވެ. އޭނާ ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު ދޯންޏަށް ގެންދާ ތަކެތި އޭނާއަށް ނޭނގޭ ކަމަށް ކުރިން ކޯޓުގައި ބުނެފައިވެ އެވެ. އަބްދުލް ލަތީފްގެ ކުށުގެ ރެކޯޑު ވެސް އެބަ އޮތެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ މިހާރު ވެސް އޮތީ ކޯޓުގަ އެވެ.

އިންޑިއާ މީހާ، ކްރިޝްޓަން ކުޓީގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް ދީ ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން ކޮނޑުހުޅުގައި އޮތް ދަބަސް އެއްލާލައި ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އެ ދަބަހުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.