Advertisement

މިނިސްޓްރީތަކުގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަނީ، ސަމާލުވޭ!

19 މޭ 2022 - 20:30 0

ސަރުކާރުގެ ގިނަ މިނިސްޓްރީތައް ހިމެނޭ ވެލާނާގެ އިމާރާތް: މިނިސްޓްރީތަކުގެ ނަމުގައި ގުޅައިގެން ފައިސާ ހޯދާތީ ސަމާލުވާން އެދެފި - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު


މިނިސްޓްރީތަކުގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަނީ، ސަމާލުވޭ!

19 މޭ 2022 - 20:30 0

އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ގިނަ އަދަދަކަށް ފުލުހުންނަށް ހުށަހަޅަމުންދާތީ އެ ކަންކަމަށް ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ރައްޔިތުން ސަމާލުކުރުވަން ފުލުހުންގެ ވެބްސައިޓްގައި މިއަދު ޖެހި ލިޔުމުގައިވާ ގޮތުން، މިނިސްޓްރީތަކުގެ ނަމުގައި މި ގޮތަށް ގުޅަނީ ރަށްރަށުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށެވެ.

ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނެ، އެކަމުގައި ނަސޭހަތްތެރިވުމަށް ފަހު، އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައުލޫމާތާއި ފޯނު ނަމްބަރު ހޯދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މުވައްޒަފަށް ބިރު ދައްކައި އޭނާގެ ޒާތީ މައުމޫލާތު ހޯދައިގެން ފައިސާ ހޯދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

"އެ ގޮތުން، ހެލްތު މިނިސްޓްރީގެ ނަމުގައި ނަމަ ގުޅަމުން ދަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނަށެވެ. އަދި ސްކޫލެއްގެ މުވައްޒަފެއްނަމަ ގުޅަނީ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގަ އެވެ." މައްސަލަ ސާފުކޮށްދޭން މިސާލު ދައްކަމުން ފުލުހުންގެ ވެބްސައިޓްގައި ލިޔެފައިވެ އެވެ.

ފުލުހުންގެ ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި ގޮތަށް އާންމުކޮށް ގުޅަނީ މަފުށީ ޖަލުން ކަން ފާހަގަ ކުރެވިފައިވެ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަކީ ފުލުހުންގެ އިލްތިމާސެކެވެ.