Advertisement

މުހައްމަދު އިސްމާއީލް ދޫކޮށްލައިފި، ތަކަނޭގެ ބަންދަށް ފަސް ދުވަސް

19 މޭ 2022 - 17:35 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މުހައްމަދު އިސްމާއީލް ހައްޔަރުކުރުމުގެ ތެރެއިން: ކްރިމިނަލް ކޯޓުން މިއަދު އޭނާ ވަނީ ދޫކޮށްލާފައި-- ފޮޓޯ: ޕީޕީއެމް


މުހައްމަދު އިސްމާއީލް ދޫކޮށްލައިފި، ތަކަނޭގެ ބަންދަށް ފަސް ދުވަސް

19 މޭ 2022 - 17:35 0

"އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް އުޅޭތީ ހައްޔަރުކުރުމަށް ފަހު ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ އިސް މެންބަރު މުހައްމަދު އިސްމާއީލް މިއަދު ބަންދުން ދޫކޮށްލައިިފި އެވެ.

މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލީ އޭނާ ހައްޔަރުކުރި ވަގުތު ހައްޔަރުކުރުމުގެ ކޯޓު އަމުރު އޭނާއާ ހަވާލުކޮށްފައި ނުވާތީ، އޭނާ ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅުއްވައި އެވެ.

މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލިއިރު، އެ ތުހުމަތުގައި ދެން ހައްޔަރު ކުރި ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

މުހައްމަދު އިސްމާއީލް އާއި ތަކަނޭ ހައްޔަރު ކުރީ، "އިންޑިއާ އައުޓް" ހަރަކާތް ހިންގުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކޮށެވެ.

ފުލުހުން އިއްޔެ ބުނީ އެ ދެ މީހުން ހައްޔަރުކުރީ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާ ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީ އެ ހަރަކާތް ރާވާ ހިންގާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

މުހައްމަދު އިސްމާއިލަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކާއި ރެލީ އަދި ކެމްޕެއިންތައް ހިންގުމުގައި އިސްކޮށް ހުންނަވާ ބޭފުޅާ އެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އެ ހަރަކާތް ހުއްޓުވަން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ގަރާރެއް ނެރުއްވައިފަ އެވެ. ފުލުހުން އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ދަނީ އެ ގަރާރުގެ ދަށުންނެވެ.

ރައީސްގެ ރިޔާސީ ގަރާރަށް ފަހު ކޯޓު އަމުރުގެ ދަށުން އިންޑިއާ އައުޓް ލިޔާ ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ ބެނާތައް ވެސް ނަގާފައިވެ އެވެ.

އިދިކޮޅުން ހިންގާ އެ ކެމްޕޭނަކީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ހިންގާ ކެމްޕޭނެކެވެ.