Advertisement

12 ކިލޯގެ ޑްރަގް މައްސަލަ: ދެ މީހަކަށް ދައުވާނުކޮށް ދޫކޮށްލައިފި

19 މޭ 2022 - 13:21 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ް12 ކިލޯ ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން: ދެ މީހަކަށް ދައުވާނުކޮށް ދޫކޮށްލައިފި


12 ކިލޯގެ ޑްރަގް މައްސަލަ: ދެ މީހަކަށް ދައުވާނުކޮށް ދޫކޮށްލައިފި

19 މޭ 2022 - 13:21 1

މި އަހަރުގެ މާޗު މަހު، ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ދައުވާ ނުކޮށް ދޫކޮށްލަން ނިންމައިފި އެވެ.

އެ އޮޕަރޭޝަން ހިންގާފައި ވަނީ ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެންނެވެ.

ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަންތަކަށް ފަހު، 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ލޯންޗަކުން ހައްޔަރު ކުރީ ނ. ވެލިދޫ މަރިޔާޒް، މުހައްމަދު އަބްދުއްލަތީފް (30އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަވްސަރު އަލަމް (30އ) އެވެ.

މި ތިން މީހުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ފުލުހުންނަށް ދިން މުއްދަތު އިއްޔެއަށް ހަމަވިއިރު، ދައުލަތުން ވަނީ އަބްދުއްލަތީފްއާއި ކައުސަރު އަލަމްއަށް ދައުވާ ނުކުރަން ނިންމައި އެ މީހުން އިތުރަށް ބަންދު ކުރަން ކޯޓުގައި އެދުމުގެ ބަދަލުގައި ދޫކޮށްލަން ނިންމައިފަ އެވެ.

އަބްދުލް ލަތީފަކީ ލޯންޗު ދުއްވަން އިން މީހާ އެވެ. ފުލުހުން ކުރިން ކޯޓުގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުންނާއި މޮބައިލް އެކްސްޓްރެކްޝަން ރިޕޯޓުގައި ހުރި މެސެޖުތަކަށް ބަލާއިރު، އޭނާ މަސްތުވާތަކެތި ބަލާދާކަން އެނގޭ ކަމަށް ބެލެވޭ ފަދަ މެސެޖުތަކެއް ވެސް ވަނީ ފެނިފަ އެވެ. އޭނާ ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު ދޯންޏަށް ގެންދާ ތަކެތި އޭނާއަށް ނޭނގޭ ކަމަށް ކުރިން ކޯޓުގައި ބުނެފައިވެ އެވެ. އަބްދުލް ލަތީފްގެ ކުށުގެ ރެކޯޑު ވެސް އެބަ އޮތެވެ.

މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ މިހާރު ވެސް އޮތީ ކޯޓުގަ އެވެ.

އިންޑިއާ މީހާ، ކްރިޝްޓަން ކުޓީގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް ދީ ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން ކޮނޑުހުޅުގައި އޮތް ދަބަސް އެއްލާލައި ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދަބަހުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.