Advertisement

ބުދިސްޓް އަދި ހިންދޫ ފާދިރީން ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފި

މުސްލިމް ވޯލްޑް ލީގުގެ ސެކެޓްރީ ޖެނެރަލް ޝެއިހް ޑރ. މުހައްމަދު ބިން އަބްދުލް ކަރީމް އަލް އީސާ ބުދިސްޓް ފާދިރިންނާ ބައްދަލުކުރަނީ. -- ފޮޓޯ: ޑެއިލީ ނިއުސް


ބުދިސްޓް އަދި ހިންދޫ ފާދިރީން ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފި

ސައުދީ އަރަބިއްޔާގައި ބޭއްވި ބައިނަލްއަގްވާމީ ދީނީ ފޯރަމެއްގައި ބައިވެރިވުމަށް ފުރަތަމަ ފަހަރަށް އެހެން ދީންތަކުގެ ލީޑަރުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފި އެވެ.

ރިޔާދްގައި ހުންނަ ސްރީލަންކާގެ އެމްބަސީން ބުނީ ފާދިރީންގެ ވަފުދުގައި ހިމެނުނީ މަހަބޮދި ސޮސައިޓީ އޮފް ސްރީލަންކާގެ ރައީސް ބަނަގަލަ އުޕަޓިއްސަ، އިންޑިއާގެ ހިންދޫ ރިލިޖަސް ޑިޕާޓްމަންޓުގެ ކުރުއްކަލް ރާމަޗަންދްރަ އިޔާ އަދި ބައެއް އިތުރު ފާދިރީންނެވެ.

އެ މީހުން ސައުދީ އަރަބިއްޔާއަށް ދަތުރު ކުރީ މެއި ނުވަޔަކުން 13 ވަނަ ދުވަހާ ހަމައަށް، މުސްލިމް ވޯލްޑް ލީގުގެ ސެކެޓްރީ ޖެނެރަލް ޝެއިހް ޑރ. މުހައްމަދު ބިން އަބްދުލް ކަރީމް އަލް އީސާގެ ދައުވަތަކަށެވެ.

ދީންތަކުގެ ލީޑަރުންގެ މެދުގައި ބާއްވާފައި ވަނީ "ޕްރޮމޯޓިން ކޮމަން ވެލިއުޒް އެމަންގް ދަ ފޮލޮވާޒް އޮފް ރެލިޖަން" ނުވަތަ ދީން ގަބޫލު ކުރާ މީހުންގެ މެދުގައި އެއް ގޮތް ރަނގަޅު ސިފަތައް ކުރިއެރުވުމުގެ ފޯރަމެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދްގެ ރިޒް ކާލްޓަން ހޮޓަލުގައި ބޭއްވި ފޯރަމްގައި އެކި ދީންތަކުގެ ލީޑަރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނެވެ.