Advertisement

10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

18 މޭ 2022 - 20:18 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކުރިން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތްތަކެއް ނައްތައިލަން ދޫނިދުއަށް ގެންގޮސްފައި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

18 މޭ 2022 - 20:18 0

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި އެވެ.

އެ ތަކެތި އަތުލައިގަތީ ބްރެޒިލް އިން ރާއްޖެއައި އެމެރިކާ މީހެއްގެ އަތުން މިމަހުގެ 11 ވަނަ ދުވަހު އެވެ. އޭނާ އަތުން އަތުލައިގެންފައި ވަނީ 2.064 ކިލޯގެ މަސްތުވާތަކެއްޗެވެ. ކަސްޓަމްސުން ބުނި ގޮތުގައި އޭނާގެ އަތުން މަސްތުވާތަކެތި ފެނުނީ އޭނާ އާއި މެދު ޝައްކު ކުރެވިގެން ލެގެޖް ބަލައި ފާސްކުރުމުންނެވެ.

އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސުން ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 10,000,000.00ރ. އަށް އަރާ ކަމަށްވެސް ކަސްޓަމްސުން ބުންޏެވެ.

އެ މީހާ ފުލުހުންނާއި ހަވާލު ކޮށްފައިވާއިރު ބްރެޒިލުން ރާއްޖެ އެތެރެވާ މީހުންއަތުން މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު މިފަހުން ވަނީ އިތުރުވެފަ އެވެ.