Advertisement

އިތުރު 393 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދޫކުރަން ނިންމައިފި

16 މޭ 2022 - 15:38 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން-- ފޮޓޯ: އަދަދު


އިތުރު 393 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދޫކުރަން ނިންމައިފި

16 މޭ 2022 - 15:38 0

ސަރުކާރުން މަތީ ތައުލީމަށް ދޭ ލޯނަށް އެދުމުގެ ފުރުސަތުގައި 393 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުގެ ސްޓުޑެންޓް ލޯނު ސްކީމަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ފުރުސަތުގައި ސަރުކާރުން ލޯނަށް ހުޅުވާލީ ލޯނު ސްކީމަށް ބަދަލުތަކެއް ވެސް ގެނައުމަށް ފަހު އެވެ.

މަތީ ތައުލީމުގެ ލޯނު ސްކީމަށް ހުޅުވާލި 720 ފުރުސަތަށް 1،000 ދަރިވަރުން އެޕްލައި ކުރި އެވެ.

އެ ލޯނު ސްކީމުގައި ވަނީ ދެ ކެޓަގަރީއެކެވެ. އެއީ އަލަށް ކިޔަވަން ފައްޓަން ބޭނުންވާ ދަރިވަރުންނާއި، މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށް ދޭ ލޯނެވެ.

ލޯނު ސްކީމްގެ ވަގުތީ ނަތީޖާ އިއުލާނުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހަސަން ވިދާޅުވީ ހުޅުވާލި 720 ފުރުސަތުތަކަށް ސަބަބުތަކާހުރެ ކޮލިފައިވި ދަރިވަރުންގެ އަދަދު މަދު ކަމަށެވެ.

ލޯނު ދޫކޮށްފައިވާ ދާއިރާތަކާއި ދޫކުރި އަދަދު

  1. އެމްބީބީއެސް އަށް 25 ފުރުސަތު ދޫކޮށްފައި ވާއިރު އެ ދާއިރާއަށް 129 ދަރުވަރުން ކުރިމަތިލި.
  2. ޕައިލެޓްކަން ކިޔެވުމަށް 252 ދަރިވަރަކަށް ދޫކޮށްފައި ވާއިރު އެ ދާއިރާއަށް 252 ދަރުވަރުން ކުރިމަތިލި.
  3. ޕީއެޗްޑީއަށް ކިޔެވުމަށް 31 ދަރިވަރަކަށް ދޫކޮށްފައި.

މި އަހަރުގެ ލޯނު ސްކީމުގައިވެސް، ފްރީ ޑިގްރީ ސްކީމުގައި ބައިވެރިވެގެން ތައުލީމު ހާސިލު ކުރާ ދަރިވަރުންގެ ތެރެއިން، އެހެނިހެން ހަރަދުތަކަށް ފައިސާ ބޭނުންވާ ދަރިވަރުންނަށް ލޯނު ސްކީމުން ޖާގަ ދީފައި ވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، މާލީގޮތުން ތަނަވަސްކަން ނެތް ދަރިވަރުންނަށް ލޯނު ސްކީމުގައި އިސްކަން ދީފައިވާނެ ކަމަށެވެ.

"ރާއްޖެއަށް ބޭނުންވާ ޓްރެއިނިން ނީޑްސްގެ ދާއިރާތަކުގެ ތެރެއިން އެންމެ އިސްކަންދޭ ދާއިރާތަކަށް ސްލޮޓްތައް ރިޒާވްކޮށް، އެ ދާއިރާއަށް ކުރިމަތިލާ ފަރާތްތަކަށް ލޯނު ލިބޭނެ ކަމުގެ ޔަގީންކަން އިތުރުކޮށްދިނުމަށް މަސައްކަތް ކުރިން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓާރު ވިދާޅުވީ ޑިސްކޮލިފައި ވެގެން ވެސް ގިނަ ދަރިވަރުންނަށް ފުސަތު ގެއްލިގެން ދިޔަ ކަމަށާއި އެގޮތުން ރަގަޅަށް ފޯމު ނުފުރުމާއި، ލޯނު ސްކީމްގައި ނެތް ދާއިރާތަކުން ކިޔެވުމަށް ކުރިމަތިލައިގެންނާއި އަދި އޯލެވެލް އާއި އޭލެވެލް ސެޓްފިކެޓް ހުށަނާޅާ ފޯމުތައް ހުރި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުރިހާ ދާއިރާއަކަށް ވެސް އިސްކަންދޭނަން. ވަކި ދާއިރާއަކަށް ގިނައިން ފުރުސަތު ދީފިނަމަ ދެން ހުރި ދާއިރާތަކަށް ބޭއިންސާފަކަށް ވާނެ. އެހެންވީމާ ބައެއް ދާއިރާތަކުން ޖާގަ ހުޅުވާލައިފައި ހުރި މިންވަރަށް ވުރެ އިތުރަށް ކުރިމަތިލީ ގިނަ ދަރިވަރުންތަކެއް ބާކީ ވެގެން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރާނެ އެވެ. ދަރިވަރުންނަށް މާކްސް ދީފައިވާ ގޮތާ މެދު ހިތްހަމަނުޖެހޭނަމަ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.