Advertisement

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބާއްވާ ކުޅިވަރު ޕްރޮގްރާމެއް ފަށައިފި

16 މޭ 2022 - 10:28 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފެށި ކުޅިވަރު ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: ޔޫތް މިނިސްޓްރީ


ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބާއްވާ ކުޅިވަރު ޕްރޮގްރާމެއް ފަށައިފި

16 މޭ 2022 - 10:28 0

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރިއަށް ގެންދާ ހާއްސަ ކުޅިވަރު ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓާއި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީ އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބައިވެރިވެ އެވެ.

މި އަހަރުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދާއި، ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެއް ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވީހާވެސް ގިނަ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

އެހެންކަމުން މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބައިވެރި ކުރުމަށް މިނިސްޓަރު ވަނީ އެދިފަ އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްދާ މި ޕްރޮގްރާމްގައި ހިމެނޭ ކުޅިވަރުތަކަކީ ބެޑްމިންޓަން، ފުޓުބޯޅަ، ސްވިމިންގެ އިތުރުން އެތުލެޓިކްސް އެވެ.