Advertisement

އެސްޓީއޯއަށް މިދިޔަ އަަހަރު ސާފު ފައިދާގެ ގޮތުގައި 487 މިލިޔަން ރުފިޔާ

16 މޭ 2022 - 10:45 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެސްޓީއޯގެ އޮފީސް އިމާރާތް. އެސްޓީއޯއަށް މިދިޔަަ އަހަރު ސާފު ފަައިސާގެ ގޮތުގައި 480 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބުނު. ފައިލް ފޮޓޯ/އަދަދު


އެސްޓީއޯއަށް މިދިޔަ އަަހަރު ސާފު ފައިދާގެ ގޮތުގައި 487 މިލިޔަން ރުފިޔާ

16 މޭ 2022 - 10:45 0

ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީ) އަށް މިދިޔަ އަހަރު ސާފު ފައިސާގެ ގޮތުގައި 487 މިލިޔަން ރުފިޔާ ލިބުނު ކަމަށް އެކުންފުނީގެ އަހަރީ ރިޕޯޓްގައި ބުނެފި އެވެ.

އެސްޓީއޯއިން އެކުންފުނީގެ ވެބްސައިޓްގައި މިއަދު އައްމުކުރި މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކުގައިވާ ގޮތުން އެކުންފުންޏަށާއި އެ ކުންފުނީގެ ސަބްސިޑަޔަރީތައް ހިމެނޭ ގޮތުން މުޅި އެސްޓީއޯ ގްރޫޕަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 1.2 ބިލިޔަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާ އަަޅައި ބަލާއިރު 32 ޕަސެންޓް އިތުރު އަދަދެކެވެ.

އެފައިސާއިން ހަރަދުކަނޑައި ޓެކްސް ވެސް ދެއްކުމަށް ފަހު ގްރޫޕްގެ ސާފު ފައިދާއަކީ 186 މިލިޔަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު (2020 ވަނަ އަހަރު) އެސްޓީއޯ ގްރޫޕަށް ސާފުފައިދާގެ ގޮތުގައި ލިބުނީ 127 މިލިޔަން ރުފިޔާ އެވެ. އެސްޓީއޯ ގްރޫޕްގެ އެހެން ކުންފުނިތައް ނުހިމަނައި ޕޭރެންޓް ކުންފުނީގެ ފައިދާ ހިސާބުކުރުމުން ޓެކްސްއަށް ފަހު ސާފު ފައިދާއަކީ 487 މިލިޔަން ރުފިޔާ އެވެ. މިއީ 2020 ވަނަ އަހަރާ އަޅައި ބަލާއިރު 47 ޕަސެންޓް އިތުރު އަދަދެކެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ތެލުގެ ވިޔަފާރިއާއި މަސްވެރިކަމުގެ އުފެއްދުންތަކުގެ ވިޔަފާރިއާއި ޝިޕިން ވިޔަފާރިން ލިބުނު އާމްދަނީ އެވެ. ތެޔޮ ވިއްކައިގެން އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 63 ޕަސެންޓް އިތުރެވެ. މީގެ ސަބަބަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި 2020 ވަނަ އަހަރު ރާއްޖޭގެ ރިސޯޓްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވުމާއި ތެލުގެ އަގަށް ގެނައި ބަދަލުތަކެވެ.

މަސްވެެރިކަމުގެ އުފެއްދުންތަކުން އެސްޓީއޯ ގްރޫޕަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރާ އަޅައިބަލާއިރު މިދިޔަ އަހަރު 17 ޕަސެންޓުން އިތުރުވި އެވެ.

އަހަރީ ހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަަހަރާ އަޅަައި ބަލާއިރު 2020 ވަނަ އަހަރާ އަަޅައި ބަލާއިރު އެސްޓީއޯގެ ގްރޮސްޕްރޮފިޓް އިތުރުވީ އަށް ޕަސެންޓުންނެވެ. އެ ގްރޫޕްގެ 2020 ވަނަ އަހަރުގެ ގްރޮސްޕްރޮފިޓަކީ 1.78 ބިލިޔަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ގްރޮސްޕްރޮފިޓަކީ އެކަމަކު 1.92 ބިލިޔަން ރުފިޔާ އެވެ. އެއާ އެކު އެގްރޫޕްގެ އޮޕަރޭޓިން ޕްރޮފިޓަކީ މިދިޔަ އަހަރު 451 މިލިޔަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރުގެ 401 މިލިޔަން ރުފިޔާއާ އަަޅައި ބަލާއިރު 12 ޕަސެންޓްގެ އިތުރުވުމެކެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ވާގޮތުން އެކުންފުންޏާއި އެކުންފުނީގެ ސަބްސިޑަޔަރީތައް ހިމެނޭ ގޮތުން މުޅި ގްރޫޕަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް މިއަހަރުވެސް ވިޔަފާރިއާއި ފައިދާ ވެސް ބެލެވެނީ އިތުރުވާނެ ކަމަށެވެ. އެއީ އެގްރޫޕުން މިދިޔަ އަހަރު ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ފައިދާ މިއަހަރު ފެންނަން ފަށާނެތީ އެވެ.