Advertisement

ޔޫއޭއީގެ އާ ރައީސް ޝެއިހް މުހައްމަދުއާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

15 މޭ 2022 - 23:15 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް ސޯލިހު ޔޫއޭއީއަށް ފުރާވަޑައިގަންނަވަނީ: އެ މަނިކުފާނު ވަނީ އެ ގައުމުގެ އާ ރައީސާ ބައްދަލުކުރައްވައިފަ- ފޮޓޯ: ރައީސް އޮފީސް


ޔޫއޭއީގެ އާ ރައީސް ޝެއިހް މުހައްމަދުއާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

15 މޭ 2022 - 23:15 0

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އާ ރައީސް، ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ގައުމުގައި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ބާއްވައިފައިވަނީ އެ ގައުމުގެ ރައީސް މަރުހޫމް އައްޝައިހު ހަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށާއި އާއިލާއަށް ތައުޒިޔާ ދެންނެވުމަށް މިހާރު ރައީސް އެ ގައުމަށް ކުރައްވަމުން އަންނަ ދަތުރުފުޅުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ޝެއިހު ހަލީފާ އާއިލާއަށް ތައުޒިޔާ ފޮނުއްވާ، އެމަނިކުފާނުގެ ހަނދާންތައް އާ ކުރެވިގެންދާނީ އެ މަނިކުފާނުގެ ބައްޕާފުޅު ފަދައިން ތަހުޒީބާއި ގައުމީ އެއްބައިވަންތަކަން ގެނެސްދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

ހަމައެހެންމެ އެ ގައުމުގެ އާ ރައީސް، ޝެއިހް މުހައްމަދަށް މަރުހަބާ ވިދާޅުވެ، އެންމެހާ ޒިންމާތައް އަދާކުރުމުގައި ކާމިޔާބަށް ރައީސް އެދިވަޑައިގެން ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ޝައިހު ހަލީފާ އަވަހާރަވީ މިދިޔަ ހުކުރު ދުވަހު އެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 73 އަހަރެވެ.

އެމަނިކުފާނު އަވަހާރަވުމާއެކު ޝައިހު މުހައްމަދު ވަނީ ވެރިކަމުގެ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެންނެވެ.

ޝައިހު ހަލީފާ އަދި ޝައިހު މުހައްމަދު ވެސް ނިސްބަތްވެވަޑައިގަންނަވާ އަލް ނަހްޔާން އާއިލާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް އާއިލާކަމަށް ވަނީ ގަބޫލުކުރެވިފަ އެވެ. އެ އާއިލާގެ މުއްސަނދިކަން ގާތްގަނޑަކަށް 150 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެ އެވެ.