Advertisement

މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި

15 މޭ 2022 - 12:35 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފުލުހުން ހޯދާފައިވާ މަސްތުވާތަކެތި-- ފޮޓޯ: ފުލުހުން


މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި

15 މޭ 2022 - 12:35 0

މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި އެވެ.

މި ހަ މީހުން ހައްޔަރު ކޮށްފައި ވަނީ އދ. މަހިބަދޫ، އއ. މަތިވެރި އަދި ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަންތަކެއްގަ އެވެ. އެއީ ފަސް ދިވެހި ފިރިހެނުންނާއި ބިދޭސީ އެއް ފިރިހެނަކު އެވެ.

ފުލުހުން ބުނީ މަހިބަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި 24އ މީހަކާއި، 31އ މީހަކާއި، 35އ މީހަކާއި، 38އ މީހަކާ އަދި 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެ އެވެ.

އެ މީހުން ތިބި ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ހޮޅިކޮޅު ފެނިފައިވެ އެވެ.

އެ މީހުންގެ ބަންދަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

މަތިވެރީގައި ހިންގި އޮޕަރޭޝަނަކީވެސް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ ބިދޭސީ ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ރަށު ތެރެއިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނުމުންނެވެ.

މަތިވެރި މެޖިސްޓްރޭޓުން ވަނީ އޭނާއަށް 10 ދުވަސް ޖަހާފަ އެވެ.

ވިލިނގިލީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ހުރި ދެ ސެލޯފިންކޮޅު ހޯދާފައިވެ އެވެ.