Advertisement

މިއީ 2023 ކާމިޔާބުކުރަން ދިން ވޯޓެއް، ދެމިހުންނާނީ އެކަމުގައި: ފައްޔާޒް

14 މޭ 2022 - 23:18 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީގެ ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކާމިޔާބު ހޯއްދެވުމަށް ފަހު ސަޕޯޓަރުންނާއެކު. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިއީ 2023 ކާމިޔާބުކުރަން ދިން ވޯޓެއް، ދެމިހުންނާނީ އެކަމުގައި: ފައްޔާޒް

14 މޭ 2022 - 23:18 0

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އެޕާޓީގެ މެމްބަރުން މިއަދު ދެއްވި ވޯޓަކީ އަންނަ އަހަރު ރާާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ދިން ވޯޓެއް ކަމަށް ފައްޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު މިރޭ ކުރެއްވި ޝުކުރުގެ ޓްވީޓެއްގައި ފައްޔާޒް ވިދާޅުވީ މެމްބަރުން އެދުނު ގޮތަށް ޕާޓީ "ހިންގައިލައްވާނެ" ކަމަށެވެ. މި އިންތިހާބުގެ ކެމްޕޭނުގައި އޭނާގެ މޮޓޯ އަކީ "އެމްޑީޕީ ހިންގާލަން" މި މޮޓޯ އެވެ.

"އަލްމްދުލިﷲ. އެމްޑީޕީގެ މެންބަރުން މިއަދު މިދިން ވޯޓަކީ މިޕާޓީއާ ސަރުކާރާ އެއްކޮށް ގޮސް 2023 ކާމިޔާބު ކޮށް މެންބަރުން އެދުނު ގޮތަށް މިޕާޓީ ހިންގާލަން ދިން ވޯޓެއް. މިކަމުގައި ދެގޮތެއް ނުވެ ހުންނާނަން،" ޓުވީޓްގައި ފައްޔާޒް ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިމްތިޔާޒުގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވީ 7،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

ޖުމްލަ 94،211 މީހުންނަށް ވޯޓުލުމުގެ ހައްގު މި އޮތް އިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ޖުމްލަ ޖުމްލަ 281 ވޯޓު ފޮއްޓެވެ.

އިންތިހާބު ބޯމަތިވެގެން އައިއިރު, އެމްޑީޕީގެ ދެ ފެކްޝަން ވަރަށް ބޮޑަށް ފާޅުވެގެން ދިޔައިރު, ސިޔާސަތާއި ފަލްސަފީ ގިނަ ހިޔާލު ތަފާތުވުންތަކެއް އެ ދެ ފެކްޝަންގެ ތެރޭން ފެނިގެން ދިޔަ އެވެ. ފައްޔާޒުގެ ޓީމުން "އެމްޑީޕީ ހިންގާލަން" ނަމުގައި ކެމްޕެއިން ކުރިއަށް ގެންދިޔައިރު އެންމެ ބޮޑު އަމާޒަކަށް އޮތީ ރައީސް ސޯލިހަށް 2023 ޔަގީން ކުރުމެވެ.