Advertisement

އަނިޔާގައި ހުރެ ވެސް ނަޑާލް ފްރެންޗް އޯޕަން ކުޅެން ބޭނުން

14 މޭ 2022 - 11:12 0

މެޑްރިޑް އޯޕަން މެޗެއްގެ ތެރެއިން ނަޑާލް.-- ފޮޓޯ: އޭއެފްޕީ


އަނިޔާގައި ހުރެ ވެސް ނަޑާލް ފްރެންޗް އޯޕަން ކުޅެން ބޭނުން

14 މޭ 2022 - 11:12 0

މެޑްރިޑް (މެއި 14) - މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ބޭނުންވަނީ އަނިޔާގައި ހުރެ ވެސް މި ފަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ކުޅެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަޑާލް، 35، ގެ ފަޔަށް އަނިޔާވީ ދާދި ފަހުން ކުޅުނު ރޯމް މާސްޓާސް މެޗެއްގެ ތެރެއިންނެވެ. މި މަހު 22 ވަނަ ދުވަހު ފަށާ ފްރެންޗް އޯޕަންއާ ކުރިމަތިލާއިރު، 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ނަޑާލްގެ ތައްޔާރީ އަށް ވަނީ ހުރަސް އެޅިފަ އެވެ.

ނަޑާލް ވަނީ ފާއިތުވި 18 އަހަރު ކޮންމެ ފަހަރަކު ވެސް ފްރެންްޗް އޯޕަންގައި ވާދަކުރާނަމަ ކްލޭކޯޓު މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، މި ފަހަރު ނަޑާލަށް އޮތީ އަނިޔާއާ އެކު މުބާރާތަށް ކުރިމަތިލާން ޖެހިފަ އެވެ.

މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް، 21 ގްރޭންޑްސްލޭމް ތަށި އުފުލާލި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދި ނަޑާލް އެންމެ ފުރަތަމަ ފަޔަށް ލިބުނު "ކްރޮނިކް" އިންޖަރީ އަކަށް ފަރުވާ ހޯދީ 2005 ވަނަ އަހަރު އެވެ. އެ އަނިޔާއިން އެ ފަހަރު ރިކާވާވިއިރު، ބައެއް ކަންތައްތައް ދިޔައީ އެންމެ ރަނގަޅަށް ކަމަށް ނުވާތީ، ނަޑާލްގެ ކެރިއަރުގެ އެކި ހިސާބުތަކުގައި ވަނީ އެ ފަދަ އަނިޔާތަކާ ތަކުރާރުކޮށް ކުރިމަތިލާން ޖެހިފަ އެވެ.

ނަޑާލަށް މިދިޔަ އަހަރުގެ ގިނަ މުބާރާތްތަކެއް ގެއްލުނީ ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ. މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ނަޑާލް ބުނީ އޭނާގެ ކެރިއަރުުގައި ގިނަ މުބާރާތްތަކެއް ކުޅެފައިވާނީ އިންޖަރީވެ ހުރެ، އެކަމުގެ ތެރެއިން ގިނަ ކަންތައްތަކެއް ތަޖުރިބާކޮށްގެން ކަމަށެވެ.

ފްރެންޗް އޯޕަން މި މަހު 22 އިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، ނަޑާލް އެ މުބާރާތަށް ދާނީ ޑޮކްޓަރު ގޮވައިގެންނެވެ. އެއީ އިންޖަރީ އިތުރަށް ގޯސްވިޔަނުދީ ރިކަވަރީ ރަނގަޅަށް ގެންދިއުމުގެ ބޭނުމުގަ އެވެ. ފްރެންޗް އޯޕަންގެ އެންމެ ކާމިޔާބު ކުޅުންތެރިއަކީ ނަޑާލް އެވެ. އޭނާ ވަނީ 13 ފަހަރު އެ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ ނަޑާލް ފްރެންޗް އޯޕަންގައި ފެންނާނެ ފަހު ފަހަރު ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ.